ads
ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ގޯތި ލިބިފައިވާކަން ކަށަވަރުކުރުމުގެ ގޮތުން މިނިސްޓަރުގެ ލިޔުމެއް ދީފި
ނިމިދިޔަ ސަރުކާރުގައި ބިން ނުހިއްކާ ތަންތަނުން ދޫކޮށްފައިހުރި ގޯތިތައް ލިބުނު މީހުންނަށް، ގޯތި ލިބިފައިވާކަން ކަށަވަރުކުރުމުގެ ގޮތުން ލިޔުމެއް ދީފި އެވެ.
Advertisement

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، "ބިންވެރިޔާ ސްކީމް" ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ދޫކުރާނެ ކަމުގެ ޔަގީންކަން ފޯރުކޮށްދިނުމުގެ ގޮތުން ވަޒީރު ޑރ. އަލީ ހައިދަރުގެ ނަމުގައި ބިން ލިބުނު ފަރާތްތަކަށް ލިޔުމެއް ފޯރުކޮށްދީފައިވާކަމަށެވެ. މި ލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފެންނާނެކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ވަޒީރު ހައިދަރު ސޮއިކޮށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހަވާލުކުރާ މި ލިޔުމުގައިވާ ބުނީ, ބިން ލިބުނު މީހުންނަށް ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީއާއި ގޯތި ލިބުނު ކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތަށް ގޯތި ހަވާލު ކުރާނެ ކަމަށެވެ. މިހާރު ދޫކޮށްފައިވާ ގޯތި ލިބިފައިވާ ކަމުގެ ލިޔުމުގައި ގޯތި ލިބޭ މީހުންނާއި ގޯތީގެ ބޮޑުމިން އަދި ގޯތީގެ ނަންބަރު ހިމެނޭނެ އެވެ.

މިދިޔަ ސަރުކާރުގައި ބިން ނުހިއްކާ ތަންތަނުންވެސް ބައެއް މީހުންނަށް ގޯތި ދޫކޮށްފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ބިން ނުހިއްކާ ސަރަޙައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށްވެސް ގޯތި ލިބުނުކަމުގެ ވަގުތީ ލިޔުމެއް ސަރުކާރުން ދެއްވާނެކަމަށެވެ.

your imageބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށް ބިން ދޫކުރާނެ ކަމުގެ ޔަގީން ކަން ދިނުމަށް ލިޔުން


ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެއިން 9101 މީހަކަށް ވަނީ ގޯތި ލިބިފައެވެ. ނަމަވެސް އެ ސަރުކާރު ނިމުނުއިރުވެސް ގޯތީގެ ރަޖިސްޓްރީއައި ބިން ހަވާލުކޮށްފައި ނުވާ މީހުން އެބަތިއްބެވެ.

ބިންވެރިޔާ ސްކީމްގައި ގޯތި ދޫކުރަނީ، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް އޮތީ ނިންމާފައެވެ. ގޯތި ދޫކުރުމަށްޓަކައި އެތަންތަން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު، އެތަންތަން ހިއްކަމުން ދަނީ ކުރިން ކަނޑައަޅާފައި އޮތް މިންވަރަށްވުރެ ބޮޑުކޮށެވެ.  

ހައުސިން މިނިސްޓްރީން ވަނީ ބިންވެރިޔާ މަޝްރޫއުގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1347 ގޯތިގެ ތެރެއިން, ގުޅީފަޅަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް, ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދުމުގެ ފުރުސަތު ވެސް ހުޅުވާލާފަވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް