ads
ގުޅީފަޅު -- ފޮޓޯ: އެޗްޑީސީ
ގިރާވަރުފަޅު ގޯތިތައް ގުޅީފަޅަށް ބަދަލުކުރަނީ
ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގިރާވަރުފަޅުން ދޫކުރަން ނިންމާފައިވާ 1300 އަށްވުރެ ގިނަ ގޯތި، ގުޅީފަޅަށް ބަދަލު ކުރަން ސަރުކާރުން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގިރާވަރުފަޅުން ދޫކުރަން ނިންމާފައިވާ 1300 އަށްވުރެ ގިނަ ގޯތި، ގުޅީފަޅަށް ބަދަލު ކުރަން ސަރުކާރުން ނިންމީ ގިރާވަރުފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ބަދަލު ގެނައުމަށް ފަހުއެވެ.

ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ ކަމަށެވެ. އެހެންވެ، އެ ހިދުމަތްތަކަށް ބޭނުންވާ ބިންތަކާއެކު، ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބައެއް ގޯތިތައް ބަދަލުކުރަން ނިންމާފައިވަނީ ގުޅީފަޅަށް ކަމަށް މިނިސްޓްރީން ބުންޏެވެ. ބަދަލު ކުރަން ނިންމާފައިވަނީ 1،347 ގޯއްޗެވެ.

ގިރާވަރުފަޅުން ދޫކުރި 1300 އަށް ވުރެ ގިނަ ގޯތި ގުޅީފަޅަށް ބަދަލު ކުރަނީ ޖާގަ ނެތިގެން ކަމަށް ސަރުކާރުން ބުނާއިރު، ގިރާވަރުފަޅުގައި ފްލެޓު އަޅަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ފްލެޓު އަޅާނެކަން އިއުލާނު ކުރެއްވީ ރައީސް ޑރ. މުއިއްޒު ނިމިދިޔަ ހަފުތާގަ އެވެ. ފްލެޓު އަޅަނީ ގިރާވަރުފަޅުން އިތުރަށް ހިއްކާ ބައެއްގައި ކަމަށް ސަރުކާރުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް