ads
ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން ފައްވާރާ މަރާމާކޮށް ރޭ ވަނީ ހުޅުވާފައި --
ޖުމްހޫރީ ފައްވާރާ: އެމްޓީސީސީން ރައްޔިތުންނަށް ދިން އީދު ހަދިޔާ
އެމްޓިސިސީން ޖުމްހޫރީ މައިދާނުގައި ތަރައްގީކުރި ފެންވަރުވާ ވަޑާން - ފައްވާރާ މަރާމާރުގެ މަސައްކަތް ނިންމާ ރޭ އެތަން ހުޅުވުމުގެ ރަސްމިޔާތު ވަނީ ބާއްވައިފަ އެވެ.

ރޭ އެމްޓީސީސީން މަރާމާތުކޮށް ނިންމި ފެންއަރުވާ ވަޑާން ނުވަތަ ޖުމްހުރީ ފައްވާރާ ހުޅުމުގެ ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުއިއްޒެވެ. ރައީސް މުއިއްޒުގެ އިތުރުން އެ ރަސްމިޔާތުގައި ލޯކަލް ގަވަމަންޓް މިނިސްޓާ އާދަމް ޝަރީފް އާއި ދައުލަތުގެ އިސްވެރީން އަދި ކުންފުނީގެ އިސްވެރީން ބައިވެރިވަޑައިގެންނެވި ކަމަށް އެމްޓީސީން މައުލޫމާތުދެ އެވެ. އެމްޓީސީސީން އިތުރަށް ބުނީ ފެންއަރުވާ ވަޑައިން ގެ މަސައްކަތްކޮށް ނިންމާ ފުރިހަަމަކޮށްފައި ވަނީ ކުންފުނީގެ ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ނުވަތަ އިޖްތިމާއި ޒިންމާގެ ދަށުން ކަމަށެވެ.

your image

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން ރައީސް އަލުން ހުޅުވައިދެއްވުން -- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީން ބުނީ އެ ފެންވަރުވާ ވަޑާމަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ހިތްހަަމަ ޖެހުން ލިބޭނެ ފަދަ ގޮތަކަށް ފަރުމާ ކުރެވިފައިވާ ތަނެއްކަމަށެވެ. އެގޮތުން އެތަނަކީ ވަކިން ހާއްސަކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން މާލޭގެ ރީތިކަން ދައްކުވައިދޭނެ ފަދަ ތަނެއްކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެ އެވެ. އެމްޓީސީސީން މައުލޫމާތު ދިންގޮތުގައި އެ ފެންވަރުވާން ވަޑައިން ފަރުމާކުރެވިފައިވަނީ އާންމުންގެ ރައްކާތެރިކަމަށް ރިއާޔަތްކޮށްކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން އެތަނުގައި ފެން ފިލްޓާ ކުރާ ނިޒާމް ފަރުމާކޮށްފައިވަނީ ބަލިމަޑުކަމެއް ނުފެތުރޭގޮތަށް ފެން ސާފުކުރެވި ބަދަލުކުރެވޭނެ ފަދަގޮތަކަށްކަމަށްވެސް އެމްޓީސިސީން ބުނެ އެވެ.

މީގެ އިތުރުން އެމްޓީސސީން ބުނީ އެ ބިނާ މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސިއާ ހަވާލުވެގެން ދިޔަކަމަކީ އެކުންފުންޔަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއ ޝަރަފެއްކަމަށެވެ.

your imageޖުމްހޫރީ މައިދާނުގައި ފެންއަރުވާ ވަޑާމުގައި ކުޑަކުއްޖަކު މަޖާ ނަގަނީ -- ފޮޓޯ/ އެމްޓީސީސީ

ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑައިން ފަރުމާކޮށް ފުރަތަަމަ ހުޅުވުނީ 2015 ވަނަ އަހަރު މިނިވަން 50 މުނާސަބަތާ ގުޅިގެންނެވެ. ވޭތުވެ ދިޔަ 5 އަހަރު ތެރޭ އެ ބިނާ ވީރާނާވެ މަރާމާތަށް ބޭނުންވެފައި އޮތުމުގެ ސަބަބުން އެ ފެންއަރުވާ ވަޑައިން ހުޅުވިފައި މިވަނީ ގައުމިއްޔަތާއި އިސްލާމީ ޝިއާރު ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ރައީސް ގެ އިރުޝާދުގެ ދަށުން ލޯކަލް ގަވަމަންޓް މިނިސްޓްރީގެ އިސްނެގުމުގެ ދަށުންނެވެ.

"މި ބިނާ މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލިވެގެން ދިޔަކަމީ މި ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް. ސަބަބަކީ ޖުމްހޫރީ ފައްވާރާއަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާއި ގުޅިގެން އެކަން ރަމްޒު ކޮށްދިނުމަށް މި ކުންފުނިން ހަދާފައިވާ މުހިންމު ބިނާއަކަށްވާތީ،" އެމްޓީސީސީ އިން ބުންޏެވެ.

ފައްވާރާ މަރާމާތު ކުރުމުގެ މަސައްކަތުގައި އެމްޓީސީސީ މުވައްޒަފުން ވަނީ 24 ގަޑިއިރު ހުއްޓާ ނުލާ މަސައްކަތް ކޮށްފަ އެވެ.  

މުޖުތަމައުގެ ކަންކަމަށް ހިއްސާކުރުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ އެމްޓީސީސީގެ ސަގާފަތުގައި ހިމެނޭ ކަމެކެވެ. ރައްޔިތުންގެ ކުންފުނި އެމްޓީސީސީއަކީ އެ ކުންފުނިން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ރަސްރަށުގައި އާއި އަދި އެ ނޫންވެސް އެކި ކަހަލަ އިޖުތިމާއީ ކަންކަމުގައި ވަރަށް ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ޒިންމާ އަދާކުރަމުންދާ ކުންފުންޏެކެވެ.

މިހާރުވެސް، ރާއްޖޭގެ އުތުރާއި ދެކުނުގައި، ކުންފުނީގެ އިޖުތިމާއި ޒިންމާގެ ދަށުން، ތަފާތު މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. އެމްޓީސީސީގެ އުއްމީދަކީ މުޖުތަމައަށް ނަފާވާ މިފަދަ މަސައްކަތްތައް ކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ކުންފުނީގެ ނަން ތާރީހުގައި ލިޔެވިގެން ދިޔުމެވެ.

ރައީސް މުއިއްޒު ރޭ މިތަން ހުޅުއްވައިދެއްވުމާއެކު އާންމުންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމާއި އުފާވެރިކަމުގެ "އީދު އުފާ" އިހްސާސެވެ. އެތަން ހުޅުވުމާއެކު ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ އެތަނަށް ޖަމާވެ ފެންކުޅި ކުޅެފަ މަޖާ ނަގައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް