ޗޮކްލެޓް އައިސްކްރީމް (2 ސްކޫޕް)
ކިޓްކެޓް ޗޮކްލެޓް (4 ސްޓިކް)
4 އައިސްކިއުބް
1 ޖޯޑު ކިރު (ފިނިކޮއްފައި)
1 ސައިސަމްސާ ހަކުރު
ވިޕިން ކްރީމް
ޗޮކްލެޓް ސިރަޕް
ތައްޔާރު ކުރާނެ ގޮތް:
އެންމެފުރަތަމަ އައިސްކްރީމް، ކިރު، ހަކުރު، ޗޮކްލެޓް އަދި އައިސްކިުބް ކޮޅު އެޅުމަށްފަހު މިކްސްޗަރ ކޮއްލާށެވެ. ދެން ހުރިހާ އެއްޗެއް އެއްކޮށް މިކްސްޗަރ އިން ގިރާލާށެވެ. އޮމާންވާ ވަރަށް ގިރައިލުމަށްފަހު، އައިސްއަލަމާރިއަށް ލައި، 60 މިނެޓަށް ފިނިކޮށްލާށެވެ. މިހާރުމިވަނީ ކިޓްކެޓް މިލްކްޝޭކް ތައްޔާރުކޮށް ނިމިފައެވެ. ސާވް ކުރާއިރު، ކޮންމެ ތައްޓަކަށް އައިސްކިއުބް ކޮޅެއް އަޅާލާށެވެ.