ads
އީދު ފާހަގަކުރަން، ފޭސް 2ގައި ފެންކުޅި މުބާރާތެއް
މާދަމާ ފާހަގަކުރާ ކުޑަ އީދު ފާހަގަކުރުމަށް ހުޅުމާލޭގައިވެސް ހާއްސަ ހަރަކާތްތަކެއް ހުޅުމާލޭ ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ރާވައިފިއެވެ.
Advertisement

އެޗްޑީސީން ބުނީ އީދު ފާހަގަކުރަން ހިންގާ ހަރަކާއްތައް ހުޅުމާލޭގައިވެސް ފެށޭނީ އީދު ނަމާދާއެކު ކަމަށެވެ. ހުޅޫމާލެ އީދު ފޯރީގެ ނަމުގައި ކުރޔަށް ގެންދާ ހަރަކާތުގައި ފެން ކުޅި މުބާރާތްތަކާއި ވާދެމުމުގެ މުބާރާތެއްވެސް ވަނީ ހިމަނާފައެވެ. 

ހުޅުމާލޭގައި އީދަށް ރޭވިފައިވާ ހަރަކާތްތައް 

  • ދިރާގު އީދު ބޯކިބާ / 07:30 ގައި ( ސިންތެޓިކް ޓްރެކް ދަނޑުގައި) 
  • ފެންކުޅި މުބާރާތް / 09:00 ފެށިގެން ( ފޭސް 2 ބީޗް ސަރަހައްދުގައި )
  • ވާދެމުމުގެ މުބާރާތް / 09:00 ފެށިގެން ( ފޭސް 2 ބީޗް ސަރަހައްދުގައި )
  • ކުޑަކުދިންގެ ކުޅިވަރު މުބާރާތް / 09:00 ފެށިގެން ( ފޭސް 2 ބީޗް ސަރަހައްދުގައި )
  • ކުޑަކުދިންގެ ހަވީރު / 04:00 ގައި( ސެންޓަރަލް ޕާކުގައި / ރޭސްކާރުތައް ދައްކާލުމާއި އެކު)

ކުޑަ އީދު މާލޭގައިވެސް ކުލަގަދަކޮށް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ހިންގަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މާލޭގައިވެސް ފެންކުޅިއާ ސްޓޭޖް ޝޯގެ އިތުރު ހަވާއެރުވުންވެސް އޮންނާނެއެވެ. މީގެއިތުރުން އީދުގެ ހަރާކާތްތައް ފާހަގަކުރަން މާލޭގައި ހަވީރު 04:00 އިން 06:00 އަށް ވަނީ ހިނގާފައި އުޅޭ ވަގުުތެއްގެ ގޮތުގައި ހަމަޖައްސާފައެވެ.

މާލޭގައި އީދަށް ރޭވިފައިވާ ހަރަކާތްތައް 

  • ފެންކުޅި / 09:30 ގައި ( ރަސްފަންނު ސަރަހައްދުގައި )
  • ބޮޑުމަހާއި މާލި ޕެރޭޑް / 04:00 (އޮލިމްޕަސް ކުރިމަތިން ފަށާ ޕެރޭޑް ނިންމާނީ އާޓިފިޝަލް ބީޗަށް)
  • ހާއްސަ ސްޓޭޖް ޝޯ / 20:30 ގައި (އާޓިފިޝަލް ބީޗްގައި )
  • ހަވާއެރުވުން /  10:00ގައި ( އާޓިފިޝަލް ބީޗްގައި ) 

އީދުގެ ހަރާކާތްތައް ފެށުމުގެ ގޮތުން މުޅި ރާއްޖެ ރޭވަނީ އީދުގެ މެސެޖްތަކުންނާއި ކުލަތަކުން ދިއްލާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް