ads
ރޮނާލްޑޯއަށް ރަތް ކާޑު ދައްކަނީ
ބަލިވާތީ ހާޑުވެ ރޮނާލްޑޯއަށް ރަތެއް، ޓީމު ކަޓައިފި
ސައުދީ ސުޕަރ ކަޕުގައި ރޮނާލްޑޯ ރުޅި ގަދަވެ، ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލި މެޗުން ބަލިވެ އަލް ނަސްރު މުބާރާތުން ކަޓައިފިއެވެ.

ސައުދީ ސުޕަ ކަޕްގެ ސެމީ ފައިނަލުގައި ރޮނާލްޑޯ ޓީމު ބަލިވީ އަލް ހިލާލް އަތުން 2-1 އިންނެވެ. ހިލާލުން ދެ ގޯލުގެ ލީޑެއްގައި އޮއްވައި، މެޗުގެ ފަހުކޮޅި ރޮނާލްޑޯ އަށް ރަތެއް ދެއްކީ، ފައުލެއް ކުރުމަށް ފަހު، ކުޅުންތެރިއަކަށް ހަމަލާދިނުމުންނެވެ.

ހިލާލުން ރޭގެ މެޗުގައި ލީޑުނެގީ، ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. މި ލަނޑު ޖެހީ ސައުދީ ގައުމީ ޓީމުގެ ކެޕްޓަން، ސަލީމް އަލް ދައުސާރީ އެވެ. އޭގެ 11 މިނިޓް ފަހުން، ހިލާލުން ދެ ވަނަ ގޯލެއް ޖެހި އެވެ. މި ލަނޑު ޖެހީ އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގް، މަލްކޮމް އެވެ.

ރޮނާލްޑޯއަށް ރަތެއް ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅު އަލް ނަސްރަށް ސުން ކަނޑުވާލަ ދިނީ އިތުރު ވަތުގައި ސަޑިއޯ މާނޭ ޖެހި ލަނޑުންނެވެ. މެޗުން ބަލިވުމުން އަލް ނަސްރު ކެޓީ އެވެ.

ސުޕަ ކަޕް ފައިނަލުގައި ހިލާލުން ބައްދަލުކުރާނީ އަލް އިއްތިހާދާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް