އިޓާލިއަން ލީގުގައި އުދިނޭޒީ އަތުން އިންޓަ މޮޅުވީ ފަހަތުން އަރައި ދެ ލަނޑު އެއް ލަނޑުންނެވެ. އެއާއި އެކު، ލީގުގެ އެއް ވަނައިގައި 14 ޕޮއިންޓުގެ ލީޑެއް އިންޓައަށްވަނީ ލިބިފައެވެ.
ލީގުގެ އެއް ވަނައިގައި އިންޓަ އޮތީ 31 މެޗުން 82 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 31 މެޗުން 68 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޔުވެންޓަސް އަށް 31 މެޗުން ވަނީ 62 ޕޮއިންޓް ލިބިފަ އެވެ.