ޖަރުމަނުވިލާތުގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔުއޭފާ ޔޫރޯ 2024ގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންގެ އަދަދު އިތުރު ކުރަން ވިސްނަމުންދާ ކަން، ޔޫރަޕްގެ ފުޓްބޯޅަ އިދާރާއިން ހާމަކޮށްފައިވަނީ މިފަހަރުގެ މުބާރާތަށް ކޮލިފައިވި ޓީމުތަކާއެކު ބޭއްވި ބައްދަލުވުންތަކުގައެވެ.
ޔުއެފާއިން ވިސްނަނީ ކުޅުންތެރިންގެ އަދަދު 26 އަށް އިތުރު ކުރާށެވެ. މިހާރު ސްކޮޑުގައި ހިމެނެނީ 23 ކުޅުންތެރިންނެވެ. މިކަމާ ކާމެދު ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ގޮތެއް ނިންމާނެއެވެ. ސްކޮޑުގެ އަދަދު އިތުރު ކުރަން ގިނަ ކޯޗުން ހިޔާލު ހުށަހަޅާފައިވަނީ މިހާރު ކުޅެމުންދާ ލީގުތަކުގައި ގިނަ ކުޅުންތެރިން ކުޅެން ޖެހޭ މެޗުތައް އިތުރުވެ ކުޅުންތެރިންނަށް އަނިޔާވުމުގެ ފުރުސަތު އިތުރު ވެފައިވުމުންނެވެ.
ސްކޮޑު އިތުރު ކުރުމާ ގުޅޭ މަޝްވަރާތައް ޔުއޭފާގެ ނޭޝަނަލް ޓީމުތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުމަށް ފަހު ފައިނަލް ޑިސިޝަނެއް ނަގާނީ އެގްޒެކެޓިވް ކޮމެޓީއަށެވެ.