ads
ދިވެހި ބަހުގެ އެކަޑަމީ--
ދިވެހި ބަހުގެ ދުވަސްފާހަގަކުރަން އަތުލިޔުމުގެ މުބާރާތެއް
ދިވެހި ބަހުގެ ދުވަސް ފާހަގަކުރަން އޮފީސްތަކުގެ މެދުގައި އަތުލިޔުމުގެ މުބާރާތެއް ބާއްވަން ދިވެހި ބަހުގެ އެކަޑަމީން ނިންމައިފިއެވެ.
Advertisement

ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަަހަރެއްގެވެސް އޭޕްރިލްމަހުގެ 14 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމަށް މިދިޔަ އަހަރުވެސް ވަނީ އަތުލިޔުމުގެ މުބާރާތެއް ބާއްވާފައެވެ. މި މުބާރާތުގައި ސަރުކާރުގެ 93 އިދާރާއަކުން 354 މީހުން ވަނީ ބައިވެރިވެފައެވެ.

މި ފަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ބަހުގެ އެކަޑަމީން މިހާރު ވަނީ ހުޅުވާލާފައެވެ. މި މުބާރާތް ބާއްވަނީ ދައުލަތުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސާތަކުގެ އިތުރުން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައެވެ.

މުބާރާތް ބާއްވާ ދެ ކެޓަގަރީ

  • ރީތިކޮށް ތާނަ ލިޔުން 
  • އަވަސް ތާނަ ލިޔުން 

އެކެޑަމީން ބުނީ މި ދެ ބައިގައި އޮފީސްތަކުން ބައިވެރިކުރާ މުވައްޒަފުން، އަތުން ލިޔަންވާނީ އެކެޑަމީން އެ ކަމަށް ހާއްސަކޮށް ފޮނުވާ ލިޔުން ކަމަށާއި، އެ ލިޔުން ލިޔަންވާނީ އެކެޑަމީން ދޭ ހާއްސަ ކަރުދާހެއްގައި ކަމަށެވެ.

އެކެޑަމީން ބުނީ މި މުބާރާތުގައި ކޮންމެ ކެޓަގަރިއެއްގައިވެސް ކޮންމެ އޮފީހަކުންވެސް ގިނަވެގެން ފަސް މުވައްޒަފުން ބައިވެރިކުރެވޭނެކަމަށެވެ. މުބާރާތުގައި އިނާމޫ ދޭން ނިންމާފައިވަނީ އެންމެ ރީތި 10 ލިޔުމާއި އެންމެ މޮޅު އޮފީހެވެ. އެންމެ މޮޅު އޮފީހުގެ ބަޔަށް ވާދަކުރެވޭނީ އެ އޮފީހަކުން މަފުވެގެން3 މުވައްޒަފުން ބައިވެރިވެގެންކަމަށްވެސް އެކެޑަމީން ބުނެއެވެ.

މުބާރާތުގެ އެންމެ ރީތި 10 ލިޔުމަށް، ކޮންމެ ލިޔުމަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. އޮފީސް ބަޔަށް ދިނުމަށް ހަމަޖެހިފައިވަނީ ތައްޓާއު ސެޓްފިކެޓެވެ. މި މުބާރާތުގައި ފަނޑިޔާރުކަން ކުރާނީ އެކެޑަމީން ކަނޑައަޅާ ފަނޑިޔާރުންގެ ކޮމިޓީއަކުންކަމަށްވެސް އެ އެކެޑަމީން ބުނެއެވެ. 

މުބާރާތުގައި ބައިވެރިވުމަށް އޮފީސްތަކުން ބައިވެރިކުރާ މުވައްޒަފުންގެ މައުލޫމާތުތައް މިމަހުގެ 25 ވަނަދުވަހުގެ 14:00 ކުރިން ހުށައަޅަން ޖެހޭނެކަމަށް އެކެޑަމީން ބުނެއެވެ. 

ހުށަހަޅާ ކަރުދާސްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައި ކަމަށާއި، އެ ސިޓީ އުރައިގެ ބޭރުގައި އޮފީހެއްގެ ނަމުގެ އިތުރުން، "އޮފީސްތަކުގެ މެދުގައި ބާއްވާ އަތުލިޔުމުގެ މުބާރާތް 2024" ޖަހާފައި އޮންނަންވާނެ ކަމަށް ވެސް ބުނެފައެވެ.

މީގެ އިތުރުން އެ ލިޔުންތައް އޮންލައިންކޮށް ހުށައަޅޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް