މައުމޫންވެސް މާދަމާ އީދު ސަލާމް ކުރައްވަނީ
މުހައްމަދު އާދަމް އަހްމަދު
09 އޭޕްރީލް 2024 - 23:51:15
ފިތުރު އީދުގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް އީދު ސަލާމް ކުރައްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނާއި ޢީދު ސަލާމް ކޮށްލާ ބައްދަލުކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ގޮތުން މާދަމާ 9:30 އިން 11:00 އަށް އީދު ސަލާމް ކުރުން އޮންނާނެކަމަށް މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ އީދު ސަލާމް ކުރުން އޮންނާނީ އެންދެރިމާގޭގައި ކަމަށެވެ.
ރައީސް މައުމޫން އެމަނިކުފާނުގެ ވެރިކަމުގައި ކޮންމެ އީދެއްގައިވެސް އީދު ސަލާމް ކުރުން ވަނީ ބާއްވާފަ އެވެ.
މައުމޫނު އިތުރުން، މާދަމާ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ރައްޔިތުންނާ ބައްދަލު ކުރައްވައި ސަލާމް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވާނީ، ހެނދުނު 9:30 އިން 10:30 އަށް މުލީއާގޭގަ އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް