ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލް އާއި ބަޔާން މިއުނިކް ބައްދަލު ކުރި މެޗު އެއްވަރުވީ ދެ ލަނޑު ދެ ލަނޑުންނެވެ.
މި މެޗު ކުޅުނީ އާސެނަލްގެ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައެވެ. މި މެޗުގައި އާސެނަލުން ލީޑު ނަގާފައި ވަނިކޮށް، ބަޔާނުން ނަތީޖާ ހަމަހަމަކޮށް ލީޑު ވެސް ނެގި އެވެ. ނަމަވެސް އާސެނަލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މި ދެ ޓީމުގެ ފުރަތަމަ ލެގު އެއްވަރުވެފައިވާއިރު، ދެ ވަނަ ލެގު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ބަޔާންގެ ދަނޑުގަ އެވެ. މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.
އާސެނަލްއާ ބަޔާން މިއުނިކްގެ މެޗު އަންގާރަ ދުވަހު އެއްވަރުވީއިރު، އަންގާރަ ދުވަހު ސިޓީއާ ރިއާލް ކުޅުނު މެޗުވެސް ވީ އެއްވަރެވެ.