ލީޑު ރޯލުން ޔަޝް ފެނިގެންދާ އެ ފިލްމުގައި ރަވީނާ ފެނިގެންދާނެ ވަރަށް ތަފާތު ރޯލަކުން ކަމަށް ރަވީނާ ވަނީ ބުނެފައެވެ. އަދި އެފަދަ ފިލްމެއްގައި މަސައްކަތް ކުރަން ލިބުމުން ވަރަށް އުފަވާ ކަމަށް ވެސް ރަވީނާ ވަނީ ބުނެފައެވެ.
ފިލްމުގެ ފުރަތަމަ އަދި ދެވަނަ ބައިން ވެސް ޔަޝް ފެނިގެން ދާއިރު ފިލްމުގެ ދެވަނަ ބައިން ލީޑު ބަތަލާގެ ރޯލުން ފެނިގެން ދާނީ ކޮން ފަންނާނެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
"ކޭޖީއެފް" ގެ ފުރަތަމަ ބައިން ޔަޝް އާއެކު ލީޑު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދިޔައީ ސްރިނިދީ ޝެޓީ އެވެ. އެ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ހާއްސަކޮށް ފިލްމުގެ ލަވަތައް ގިނަ ބަޔަކަށް ވަނި ކަމުގޮސްފަ އެވެ.
ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހު 23 ވަނަ ދުވަހުއެވެ.