ads
ޒަކާތުން ދޭ ފައިސާގެ އެހީ ސެންޓަރުތަކާއި ޒަކާތު ޑިރެކްޓަރ އިއްޒައްދީން ހަވާލުކޮށްދެއްވަނީ
ފިތުރު ޒަކާތުން ފައިސާގެ އެހީ 3 ސެންޓަރަަކަށް
މިއަހަރުގެ ފިތުރު ޒަކާތަށް ލިބުނު ފައިސާ 3 ސެންޓަރަކަށް ޒަކާތު ހައުސްއިން އެހީ ދީފިއެވެ.

ފިތުރު ޒަކާތުގެ ފައިސާއިން އެހީ ދީފައިވަނީ "ކުޑަކުދިންގެ ހިޔާ"، "ފިޔަވަތި" އަދި ކ. ގުރައިދޫގައި ހުންނަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށެވެ. 

ޒަކާތު ހައުސް އިން ބުނީ އެ ތިންތަނަށް ދޫކޮށްފައިވަނީ ފިތުރު ޒަކާތުގެ ލިބުނު ފައިސާއިން ބަޔަކާއި ގޮވާމުން ދެއްކި ޒަކާތުން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް ފަހު ނުގެންގޮސް ހުރި ބައިކަމަށެވެ. 

މި ތިން ސެންޓަރަށް ފައިސާގެ ގޮތުން ޖުމްލަ  129،960.44 ރުފިޔށާ ދީފައިވާކަމަށް ޒަކާތު ހައުސް އިން ބުނެއެވެ. އަދި ގޮވާމުގެ ބައިން 7387.65 ކިލޯ ގްރާމް ތަކެތި އެ 3 ސެންޓަރަށް ބަހާފައިވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މިއަަހަރު ޒަކާތުގެ ގޮތުގައި 9.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ފިތުރު ޒަކާތުން ލިބުނު ފައިސާއިން ާލޭ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކަށް 8000 ރުފިޔާ ބަހާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި މި ފައިސާ އެމީހުންގެ އެކައުންޓްތަކަށް ޖަމާކޮށްދީފައިވާކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް