ads
ރައީސް މުއިއްޒު
ރައީސް, ފިތުރު އީދު ދުވަހުގެ ތަހުނިޔާ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފޮނުއްވައިފި
ބަރަކާތްތެރި ފިތުރު އީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފޮނުއްވައިފި އެވެ.

ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކަށާއި، އެގައުމުތަކުގެ އަހުވަންތަ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިހުލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ.

ބަރަކާތްތެރި ރަމަޟާން މަސް ނިމުނު ކަމުގައިވިޔަސް، އޯގާތެރިކަމާއި، ދީލަތިކަމާއި، އެއްބައިވަންތަކަމުގެ އުޞޫލުތައް ނެގެހެއްޓުމުގެ މުހިންމުކަމާއި، މުސްލިމް އުއްމަތުގެ ސުލްޙަމަސަލަސްކަމާއި، އެއްބައިވަންތަކަން ދެމެހެއްޓުމުގެ މައްޗަށް މެސެޖުގައި އަލިއަޅުއްވާލައްވާފައިވެސްވެ އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިސްލާމީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް ފުރިހަމަ ޞިއްހަތާއި ދުޅަހެޔޮކަން، އަދި އުފާފާގަތިކަން އެދިވަޑައިގަންނަވަމުންނެވެ.

ރައީސް ވަނީ މިފަހަރުގެ އީދު ހުރިހާ ރައްޔިތުން ވެސް އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ފާހަގަކުރެއްވުމަށް ބާރު އަޅުއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް