ads
އަހްމަދު ރަޝީދު
އަހްމަދު ރަޝީދު ހުށަހެޅި މައްސަލަ ރިވިއުކުރުމުންވެސް ބަލައިނުގަތް
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު، އިންތިހާބުގައި އަލުން ވާދަކުރައްވަން ބޭނުންވެ، އިލެކްޝަންސްއާ ދެކޮޅަށް ހުށަހެޅި މައްސަލަ، ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ރިވިއު ކުރުމަށް ފަހުވެސް ބަލައި ނުގަންނަން ނިންމައިފިއެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދުވަނީ، ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވަން ފޯމް ހުށަހެޅުއްވުމަށް ފަހު، ފަހުން އަނބުރާ ގެންދަވާފައެވެ. 

އަހްމަދު ރަޝީދު ނަން އަނބުރާ ނެންގެވީ ރޯދަ މަހު އިންތިހާބު އޮންނާތީއެވެ. އަދި އަލުން އިންތިހާބުގައި ބައިވެރިވާން ބޭނުންވީ އިންތިހާބުގެ ތާރީހު ފަސްކުރުމުންނެވެ. އަހްމަދު ރަޝީދުވަނީ އެ މައްސަލަ އިންތިހާބީ ޝަކުވާގެ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުގެ ރަޖިސްޓްރާ އެންމެ ކުރިން ނިންމީ އެ މައްސަލަ ބަލައި ނުގަންނާށެވެ. ރެޖިސްޓްރާ އެގޮތަށް ނިންމެވުން، އަހްމަދު ރަޝީދު އަލުން އެ ނިންމުން ރިވިއު ކުރަން ހުށަހެޅުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުންވެސް ނިންމީ އެ މައްސަލަ ބަލައި ނުގަންނާށެވެ.

އަހްމަދު ރަޝީދަކީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް