މި ފަންޑަށް ޕްރިޔަންކާ ޗޯޕްރާ އާއި އަނުޝްކާ ސަރްމާ އަދި ރާޖްކުމާރު ރާއޯ އާއި އާލިއާ ބަޓް އަދި ވިކީ ކައުޝަލްގެ އިތުރުން އަކްޝޭ ކުމާރު ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މި ލިސްޓަށް އިތުރުވި އެންމެ ހަގު ތަރިއަކީ ސާރާ އެވެ.
އިންސްޓަގްރާމު މެދުވެރިކޮށް އެކަން ހާމަކޮށް ސާރާ ބުނީ، އޭނާ އެދެނީ މި ފަންޑަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހުރިހާ ފަރާތްތަކަކުން ވެސް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި އެގޮތުން ގޭގައި ތިބެން ބޭނުމަށް ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުން މުހިއްމު ކަމަށެވެ.
ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ސާރާގެ ކުރިއަށް އޮތް ފިލްމަކީ "ކޫލީ ނަމްބަރު ވަން" އެވެ. މިއީ ވަރުން ދާވަންއާއެކު އޭނާ ފެނިގެންދާ ފިލްމެކެވެ.