ހަމަ އެވަގުތު ތިންވަނަ މީހަކު ގެއަށް އައިކަން އެގުނެވެ.
"ނާދިފް"
އެ އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އެ ދިމާއަށް އެއްފަހަރާ ބަލައިލެވުނެވެ. އަހަރުމެންނާއި ދިމާއަށް ބަލަހައްޓައިގެން އަމަން ހުއްޓެވެ.
"ނާދިފް..." ގޭތެރެއަށްވަދެ، ނާދިފްގައިގައި ބައްދައިލި އެވެ.
މިވަގުތު މިތަނުގައި އަހަރެންގެ ބޭނުމެއް ނޯންނާނެކަން އިނގޭތީވެ ކޮޓަރިއަށް ދިއުމަށް ނިންމީމެވެ. ހޫނު ޒުވާބުން ސަލާމަތް ވެވުނީތީ ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
..................
އެތެރެއަށްވަދެ އޯގާތެރިކަމާއެކު އަހަރެންގައިގައި އަމަން ބައްދާލިއެވެ. އޭނާގެ ބުރަކަށީގައި ދެތިންފަހަރު މަޑުމަޑުން އަހަރެން ޖަހައިލީމެވެ.
"ހުރިހައި ކަމެއް ރަގަޅުތަ؟ ނާދިފްގެ ހާލު ކިހިނެއް؟" ދުރަށް ޖެހިލާފައި އަހަންނާއި ދިމާއަށް ބަލައިލަމުން އަހައިލިއެވެ.
"އަހަންނަށް... ކިހިނެއްވީ..؟ އެކަމަކު އަމަންއަށް ކިހިނެއްވީ؟ މަންމަ ކިހިނެއް؟" ހައިރާންވެފައި ހުރެ ސުވާލުތައް އޮއްސައިލީމެވެ.
"މަންމަ ބަރާބަރު!"
"ހިނގާ އިށީންނަން!" އަމަންއާއެކު އެތެރެއަށް ޖެހިލަމުން މިޒްރާއަށް ބަލައިލީމެވެ. އެއީ ފެނިގެއްލޭ ހެއްޔެވެ؟ މިހާ އަވަހަށް ފިލީއެވެ!
"ކޯންޗެއް ތި ހޯދަނީ؟ އެތަން މާ ވަރަކަށް ތި ބަލަނީ ކީއްވެ؟"
"ފިނި އެއްޗެއް ބޯލަން ހިނގާ..!" ވާހަކަ ބަދަލުކޮށްލީމެވެ.
"ނޫނޭ.. އަހަރެންގެ ރޭޑިއޯ ޝޯ މިރޭ އޮންނާނެ.. ފިނި އެއްޗެއް މިގަޑީގައި ބޭނުމެއް ނޫން"
"ހޫނު އެއްޗެއް..؟"
"ނޫނޭ.. މިގަޑީގައި އެއްވެސް އެއްޗެއް ބޭނުމެއް ނޫން.. ހަމަ ނާދިފްއާއި ބައްދަލުކޮށްލަން މިއައީ"
"އަހަރެން ހަމަ ބަރާބަރު.. ހުރިހާކަމެއް ރަގަޅު" ލުއިހިނިތުންވުމެއް ދައްކައިލެވޭތޯ ބެލީމެވެ.
"އާން.. ރަގަޅުކަން ހުރި ހިސާބު އެބަފެނޭ" އަމަންގެ މައިކްރޮސްކޯޕުން ރެކުވުމަކީ ނާދިރު ކަމެކެވެ.
ސޯފާގައި ދެމީހުން އިށީނީމެވެ. ފަށާނެ ވާހަކައެއް ނޭގޭތީ އަހަރެން ހިމޭންކަން އިޚްތިޔާކު ކުރީމެވެ.
"މިޒްރާ ކީކޭ އެބުނީ..؟"
ސީދާ އަހަރެންގެ ލޮލަށް ބަލަމުން އަމަން ސުވާލުކުރިއެވެ. އަހަރެން ހީކުރީ އަމަންއަށް މިޒްރާ ހުރިކަން ނޭގޭ ކަމަށެވެ. އަދި ދެއްކި ވާހަކަވެސް އަޑު ނީވޭ ކަމަށެވެ. އެކަމަކު މިފަހަރުވެސް ކުށްހީކުރެވުނީ އަހަންނަށެވެ. އެސުވާލަށް އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ފޫބައްދާލެވެން އޮތް ގޮތެއް ހޯދީ އެނޫން ވާހަކައަކަށް ބަދަލުކޮށްލަން ބޭނުންވާތީ އެވެ.
"އެކަމާ އަޅާނުލާ.. އެއީ ކޮންމެ ދުވަހެއްގެ ޑްރާމާ.." އޭނާގެ ކޮޓަރިއާއި ދިމާއަށް ބަލައިލަމުން އަހަރެން ބުނީމެވެ.
"ޝީ ލުކްސް ހަރޓް" ކަންބޮޑުވެފައި އަމަން ބުންޏެވެ.
ހަރޓް! އަހަރެން ނޭވާލާން ފުރުސަތެއް ބޭނުންވިއެވެ. ހައްހައްހައްހައްހާ... މިޒްރާ ވޯޒް ހަރޓް!! އަހަރެން ހޭންވީ އަމަންގެ ޖުމުލައިގެ ކޮން ލަފްޒަކަށް ނިސްބަތްކޮށް ކަމެއް އަހަންނަކަށް ނޭގެއެވެ.
"ފަސް ސިކުންތު ތެރޭގައި 'ޖަޖް'ކޮށް ނިންމާލީ.. ބްރިލިއެންޓް!!!" މަލާމާތުގެ ގޮތަކަށް އަތްޖަހައިލަމުން އަހަރެން ބުނީމެވެ.
"އޭނާއާއި ދިމާއަށް ނާދިފް ކީކޭބުނީ..؟"
"ކޮންހާ ސުވާލެއް ތި ކުރަނީ؟"
"އިޑިއަޓް... އަހަން މިޖެހުނު ސަބަބަބީ ނާދިފްގެ މޫނުމަތިން 'ހަރޓް'ގެ ކަންފުޅެއްވެސް ނުފެނި، ރުޅިއައިސް ރަތްވެފައި ހުރި މޫނު ފެނުނީމާ.."
"އަމަން.. ތި.." އަހަރެންގެ ޖުމުލަ ތެރެއަށް އަމަން ބުރިކޮށްލި އެވެ.
"ބުނާނަންތަ؟ ނުބުނާނަންތަ؟"
"ތިއީ އަހަރެންގެ ގަރލްފްރެންޑްތަ؟"
"އާން.. ތިބުނާ އެއްޗެއް މިއީ.. ދެން ބުނެބަލަ!"
"ﷲ އަކްބަރް"
"ނާދިފް"
"ފައިން.. ރޭ ހަތަރުދަމު މިޒްރާ ގެއަކަށް ނާދޭ.. އަހަރެން ގުޅީމައި ޖަވާބެއް ނުދޭ.. ހާސްވެގެން މިތާގަ ހިނގާލަ ހިނގާލަ ކިހައި އިރަކު ބުރުއެޅުނުކަން އަހަންނަށްވެސް ނޭގެ.. ދެން ގެއަށް އައީމާ އަހަރެން ސުވާލުކުރީ ކޮންތާކު ތޯ އުޅުނީ.. ކީއްތޯ ކުރީ... އޭނާބުނީ އެއީ އަހަންނާއި ބެހޭކަމެއް ނޫނޭ.." ފައްޗަކަށް އަހަރެން އަމުނާލީމެވެ.
"ދެން އެކަމާ އޭނާޔާ ތި ހަނގުރާމަ ކުރަނީ..؟"
"އަދިވެސް މި ވާނުވާ ނުވިސްނޭތަ..؟ މީގަ އަހަރެންގެ ކުށަކީ ކޮބާ؟ އޭނާ މުޅި ރޭ ހަތަރުދަމު ގެއިން ބޭރުގަ އުޅުމަކީވެސް އަހަރެންގެ ކުށެށް ތަ؟"
"ތިވަރަށް ރުޅިގަދަވާންޖެހޭ ކަމެއްތަ ތިއީ؟"
"މުޅި ރޭ މިންހާލްއާއެކު ހޭދަކޮށްފައި އޭނާ ގެއަށް އެއައީ" ރުޅިގަދަވެގެން އަހަރެން ބުނީމެވެ.
"އޭނާތަ ތިޔަހެން ބުނީ؟"
"ދެން އަހަރެން މި ހަދަނީ ދޮގުތަ؟"
"މިޒްރާ އެއައީ މިންހާލްއާއެކު ވަގުތުތަކެއް ހޭދަކޮށްފައި ކަމަކަށް އަހަރެންގެ ހިތެއް ގަބޫލެއް ނުކުރޭ!"
"ޔާ ރައިޓް!"
އެކަކު އަނެކަކަށް ބަލައިލީމެވެ. ދެމީހުންވެސް ހަމަހިމޭންވިއެވެ. އަމަންގެ ސިކުނޑީގައި ކޮންމެވެސް ކަމެއް ހިނގަމުންދާކަން ޔަގީނެވެ.
ދެމީހުންނަށްވެސް ބަލައިލެވުނީ ސޯފާ ކުރިމަތީގައި އަޅާފައިވާ ހުދުކުލައިގެ ހިތްގައިމު ކާޕެޓަށެވެ. އެކަމަކު އެއީ އެއަށް ޝައުގުވެރިވެގެން ބެލިބެލުމެއް ނޫނެވެ.
"ނާދިފް.. ވާހަކައެއް ބުނަންތަ؟"
"އަހަރެންގެ ހުއްދަ ހޯދައިގެން ސުވާލުކުރާ ހިސާބަށް ދިޔައީ ކޮންއިރަކު؟"
"ހުމްމްމ.. އަހަންނަށް ހީވަނީ.. މިބުނީ.. އަހަރެން ބުނަން މިއުޅެނީ.. އަހަންނަށް ހީވަނީ މިޒްރާ..!"
"މިޒްރާ..؟!"
"މިބުނީ.. ކުރިން ނާދިފް މިޒްރާއާއި ކައިވެނި ކުރީ އޭނާގެ ދިރިއުޅުން ބަރުބާދު ކޮށްލުމުގެ މަގްސަދުގައި.. އެ ހުރިހައި ޖެއްސުމެއް ނާދިފު ކުރިއިރުވެސް ދުވަހަކުވެސް ކުރިމަތީގައި އެއްޗެއް ނުބުނޭ.. ދިފާއުގައިވެސް ރައްދެއް ނުދޭ.."
"އަހަރެންގެ އަމިއްލަ ނަފުސު ކުއްވެރި ކުރުވަންތަ މިއަދު އައިސް ތި އިނީ..؟"
"ވަޓް! ނޯ! އަހަރެން ބުނަން މިއުޅެނީ.. އެ ހިއްދަތިކަމާ އެކުވެސް، އެއްގޮތަކުން ނޫނީ އަނެއް ގޮތަކުންވެސް ނާދިފްއަށް މިޒްރާ ވަރަށް ބޮޑަށް އެހީތެރިވެދީފިޔޭ..!"
މި ވާހަކަ ކުރިއަށް މިދަނީ ކޮން މިސްރާބަކަށްކަން އަހަންނަކަށް އެއްގޮތަކަށްވެސް ނޭގެއެވެ. ކެއްތެރިކަމާއެކު އަޑުއަހަން އަހަރެން އިނީ އަމަންގެ ވާހަކަ ނިންމާން ދެނެވެ. އެކަމަކު، ދެން އަމަން ބުނެލި ޖުމުލަ އަހަރެންގެ ކަންފަތަށް ހޮނު ގުގުރިއެއް ޖެހިފަދަ ބާރުގަދައެވެ.
"ޝީ އިޒް އިން ލަވް ވިތް ޔޫ!!"
"ވަޓް-!!!"
އަހަންނަށް ހަޅޭއްލަވައި ގަނެވުނެވެ. ހަމަރަގަޅަށްވެސް އަމަން މޮޔަވެއްޖެއެވެ. މެންޓަލް ހޮސްޕިޓަލަކަށް ގެންގޮސް ހަތަރެސްފައި އައްސާފައި ބާއްވަންވެސް މިހާރު ރަގަޅުވާނެއެވެ.
"ހަޅޭއް ނުލަވާ.. ކަންތައްތަކާމެދު އާންމު އިންސާނުން ވިސްނާ ބީދައިން ބުއްދީގެ ބޭނުންކޮށްގެން ވިސްނަ ބަލަ!" އޭނާގެ ޖުމަލަ އިތުރަށް ބާރުގަދަކުރުމުގެ ގޮތުން އަހަންނަށް ވިސްނައިދޭން އުޅުނެވެ.
"އެކަށްޗެއްވެސް ވިސްނާކަށް އަހަރެން ބޭނުމެއް ނޫން.. ޝީ.. ޝީ އިޒް ޖަސްޓް އަ ފްރެންޑް.. ނޯ ނޯ.. ފްރެންޑެއްވެސް ނޫން.. އެއީ އަހަންނަށް ހަމަ އެއްވެސް މީހެއް ނޫން.." ދިފާއުގައި އަހަރެން ބުނެލީމެވެ.
"ނާދިފް.. ލުކް އެޓް ޔޫ މޭން..! އަހަރުތަކެއް ވަންދެން އުނގަށް ލައިގެން އޮޅުކޮށްގެން ގެންގުޅުނު މައިނާ ގެއްލުނީ އިހަށް ދުވަހު.. އެވެސް އެހާ ހުތުރުކޮށް.. ބްރޭކްއަޕް ވެފަ ދޮންކަލޯ ތި އިނީ..! އެކަމުގެ ވޭނެއް އުފުލާތަނެއް ނުވަތަ އެކަމާ މާޔޫސްވެގެން އެނދުމަތިވެފަ އޮއްވައެއް އަހަރެން ނުދެކެން.. ފެންނަފެނުމަށް އިހުނަށްވުރެންވެސް މިހާރު މާ ވަރުގަދަވެފަ ތާޒާ!"
"އާރ ޔޫ ސީރިއަސް" ގަބޫލުނުކުރެވިފައި ބުނެލީމެވެ. އެކަމަކު ހީވާހީވުމަށް އަދިވެސް ލެކްޗަރު ނިމުނީއެއް ނޫނެވެ.
"އަހަރުމެންގެ ބޭންޑްގެ ނުވަތަ ނާދިފް އޮފީހުގެ ކޮންމެ ކަމެއްގައި، އެހީއެއް ބޭނުންވި ކޮންމެ ވަގުތެއްގައި ސީދާ ނުވަތަ ނުސީދާކޮށް ހަމައެކަނި އެހީތެރިވަނީ މިޒްރާ! ނާދިފްގެ ކޮންމެ ކަމަކަށް އޭނާ ފާރަވެރިވެ، އެހުރިހައި ކަމަކުން ނާދިފް ރައްކާތެރިކުރަނީ ހަމައެކަނި މިޒްރާ..!"
"އަމަން.. މޮޔަ ވާހަކަ ނުދައްކާ ހުއްޓާލާ! ތި ހީކުރާ ގޮތަކަށް ނޫން ކަންކަން އޮތީ.. މިޒްރާ ހޭޓްސް މީ! ދެން މިހާރު އަހަންނަށް ހީވަނީ އަނެއްކާވެސް މިންހާލްއާއި ދެމީހުން އަލުން ގުޅުނީހެން.. ނޫނީ ގުޅުމުގެ މަގުމަތީގައި.."
"ރުޅިއައިސްގެން އޭނާ ބުނެލި އެންމެ 'ސްޓޭޓްމެންޓް'އެއްގެ މާނަ ގުޅުވައިލި ހިސާބު ތިއީ..؟"
"އަހަރެން ދެކެ ލޯބިވާނަމަ، އޭނާ ބުނަން ވީނުން..! އަހަރެންގާތު އެވަރު އެއްޗެއް ބުނަން ނުކެރޭވަރުގެ ބަލިކަށި ކުއްޖެއް ނޫން މިޒްރާއަކީ.. އެހެނެއް ނޫން.. ކުދިކުދި ކަންތަކާވެސް ޑްރާމާ ޖައްސަން އޭނާ ހަމަ ކުޅަދާނައީ"
"އަހަރެން ގާތުގައި ބުނެވުނުކަން ހަނދާން އެބަހުރިތަ، މިކައިވެންޏަކީ ހަމައެކަނި "ޑީލް"އެކޭ.. އަހަންނަށް ހީވަނީ މިޒްރާގެ ސިކުނޑީގައި އޮތީ ހަމައެކަނި އެ ޖުމަލަ.. ނުވަތަ އެ ބިރުވެރިކަން!.. އޭނާ ހާދަހައި ކެއްކޮށްފިޔޭ ނާދިފް!"
"އަމަން.. ލެޓް އިޓް ބީ.. ދެން ގަބޫލުކުރޭ! އަހަރުމެން ދެމީހުން ދެމެދުގައި ތިބުނާ ޒާތުގެ އެއްވެސް ކަމެއް ނުހިނގާ.. ދުވަހަކުވެސް ނުވެސް ހިނގާނެ.. އަހަރެން ކުޑަކޮށްވެސް މިޒްރާދެކެ ލޯތްބެއް ނުވޭ!"
"ލޯބި ނުވަންޏާ، އޭނާ ގެއަށް އައުން ލަސްވީމައި ހާސްވެ، ކަންބޮޑުވެ ޖެލަސްވެގެން ތިއުޅެނީ ކީއްވެގެން؟"
"ހާސްވެ ކަންބޮޑުވީ އެއީ އަންހެން ކުއްޖަކަށްވާތީ..! އެގިއްޖެ..؟ އޭނާ ކޮންމެ މީހަކާއެކު އުޅުނަސް އަހަރެން ޖެލަސްއެއް ނުވާނެ"
"ދޫކޮށްލާފައި ދާ ދުވަހަކުން އިހްސާސްވާނެ- އެދުވަހަކުން ތެޅިލާފައި ހުންނާނެ.. މަ ހުންނާނަން ބަލަން"
"އެދުވަހަކުން އަހަރެން ދިރިއުޅޭނީ ހިތްހަމަޖެހުމާއި އުފަލާއި މިނިވަންކަމާއެކު"
"ޔޫ އަރ އަންބިލީވަބަލް!"
"މިރޭގެ ޕާޓިއަށް އަންނާނަން ދޯ" މައުލޫ ބަދަލުނުކޮށް ވާންނެތީ އެވެ.
"ޑިޕެންޑްސް.. އޯ ޔެސް.. މިރޭ އަހަރެން ނިދާނީ މިގޭގައި.. މައްސަލައެއް އެބައޮތް؟"
"ބޭނުން އިރަކު، ބޭނުން ދުވަހެއް ވަންދެން އުޅެންވީ" އެއްއަރިމަތީން ބައްދާލަމުން ބުނެލީމެވެ.
ވަށައިގެން ދެމީހުންނަށްވެސް ބަލައިލެވުނެވެ. މިއީ މިހާތަނަށް ހަޔާތުގައި ކުރެވުނު އެންމެ 'އާދަޔާ ޚިލާފް' މުއާމަލާތެވެ.
..............
ކޮޓަރިއަށް ވަދެވުމާއެކު އެނދުގައި އޮށޯތީމެވެ. ފާޚާނާއަށް ވަންނާނެ ހިތްވަރެއްވެސް ގައިގައި ނެތެވެ. ހިތުގެ އެންމެ ފުނުން އަމަންއަށް ޝުކުރެވެ.
އެވަގުތު އަހަރެންގެ ފޯނުގެ އަޑު އިވުނެވެ. ނޮޓިފިކޭޝަންސް ބަލައިލީމެވެ. އެއީ ޒެއިންއެވެ. މިވަގުތު ގޮސް އަހަރެން ހަދަންވީ ހުރިހައި ޓެސްޓެއްގެ ތަފްސީލް ފޮނުވީއެވެ. ޒެއިންގެ އޯގާތެރިކަމަށް އަބަދުވެސް ޝުކުރުވެރިވަމެވެ. ޓެސްޓްތައް ހަދާނަން ކަމަށް ބުނެ އަހަރެން ޖަވާބު ފޮނުވާލީމެވެ.
...............
އިރުއޮއްސި ހަތްގަޑި ތިރީސް
ލޯގަނޑުން އަހަރެންގެ ސޫރައަށް ބަލައިލީމެވެ. ތިރިއަށް ފޭބުމުގެ ކުރީން، ފަހުފަހަރެއްކަމަށް ބަލައިލީމެވެ. އަހަރެންގެ ލިނެން ހުދުގަމީހާއި ކަޅު ކޯޓް އަދި ކަޅު ޖީންސް ވަރަށް ހިތްގައިމެވެ.
"މިރޭ މިޒްރާ ޖެހޭނީ ހަގީގަތް ހާމަކުރާށެވެ! އަހަރެންގެ ކިބައިން މިރެއަކު ސަލާމަތެއް ނުވެވޭނެއެވެ" ލާނެއް ހިނިތުންވުމަކާއެކު ބޮލުގެ އިސްތަށިގަނޑު ރަގަޅުކޮށްލީމެވެ.
އަމަންގެ މާސިންގާ ލެކްޗަރަށްފަހު އަހަރެން ނިންމީ ސީދާ ސީދާ މިޒްރާއާއި އެވާހަކަ ދައްކާށެވެ. އަހަރެންގެ ދިރިއުޅުމުގައި އިތުރު އޮޅުންބޮޅުން ގަނޑެއް ބޭނުމެއް ނޫނެވެ. ހިތާއި ސިކުނޑީގައި އެއްކޮށްފައި ހުރި ހުރިހައި ވާހަކައެއް މިރޭ ޕާޓީއަށްފަހު މިޒްރާ ޖެހޭނީ އަހަންނާއި ހިއްސާކުރާށެވެ.
"ދި ގޭމް ހޭޒް ޖަސްޓް ބިގަން.. މިޒް!!!"
ކާމިޔާބުގެ ހިނިތުންވުމަކާއެކު ޕާޓީއަށް ތައްޔާރުވެ ނިންމާލީމެވެ. އަހަރެންގެ ފޭވަރިޓް ކަލެކްޝަނުން ގަޑިއެއް ނަގާފައި އަތުގައި އަޅައިލީމެވެ. ޗެނަލްގެ އެންމެ ހިއްގައިމު މެންސް ކަލެކްޝަނުން ސެންޓް ޖަހާލައިގެން ތިރިއަށް ފޭބީމެވެ.
މިޒްރާގެ އިންތިޒާރުގައި އަހަރެން ސޯފާގައި މަޑުކުރީމެވެ. 'ކަޕްލް އެންޓްރީ' ކަނޑައަޅައި އެކަން ނިންމި އެންމެނަށް އަހަރެން ކުދިކީމެވެ. ޔަގީނުންވެސް އަހަރެންގެ ޑޭޑް އެ ލިސްޓުގެ އެންމެ ކުރީގައި ނެތި ނުދާނެއެވެ.
މިގޮތަށް މަޑުކުރާން ޖެހުމަކީ އަހަރެން ވަރަށް ފޫހިވާ ކަމެކެވެ. ފާއިތުވި ފަނަރަ މިނެޓް އަހަރެން މި އިންތިޒާރުކުރަނީ މިޒްރާއަށެވެ. މިވަރަށް އެހެން މީހަކަށް ދުވަހަކުވެސް އިންތިޒާރެއް ނުކުރަމެވެ.
އޭނާގެ ފިޔަވަޅުގެ އަޑަށް، ހަމަޖެހުމުގެ ނޭވާއެއް ލީމެވެ. ފިޔަވަޅުގެ އަޑުއައި ދިމާއަށް ބަލައިލީމެވެ. އަހަރެންގެ ދެ ލޯ ތަރަތަރަ
ޖަހައިގެން ދިޔައެވެ.
ދާދި ގާތުގައި މިޒްރާ ހުއްޓެވެ.
އަންތަރީސްވެ ތަލީން ކުޅުހިކުނެވެ.
"ދި ވެއިޓް ވޯޒް ރިއަލީ ވޯތް އިޓް"
..................
އެންމެ ފަހު ފަހަރަށް އަހަރެންގެ ކޮޓަރިއަށް ބަލައިލަމުން ބޭރަށް ނިކުތީމެވެ. ލަސްވެގެން ނާދިފް ހިތްހަމަ ނުޖެހިފައި އިންނާނެކަން އެނގިހުރެ އެންމެ ފަހުގެ ތައްޔާރީތައް ހަމަޖައްސައިލީމެވެ. ނުރުހިގެން އެއްޗެއް ބުނިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. މިއީ އެފަދަ ގޮތަކަށް އަހަރެން ދެރަވާންޖެހޭ އެންމެ ފަހު ފަހަރެވެ.
ހުރިހައި އެއްޗެއް ޕެކް ކޮށްފައި ޑްރެސިންޓޭބަލް ކައިރީގައި ފޮށި ބެހެއްޓީމެވެ. މިގޭގައި އަހަރެން ހޭދަކުރާންވީ ވަގުތުގެ ނިމުން އައީއެވެ. ނާދިފްގެ ކުރިމަތީގައި އުޅެ، ކޮންމެ ދުވަހަކު އެތައް ފަހަރަކު ހިތް ކުދިކުދި ކުރުމަށްވުރެން، އަހަރެން އަމިއްލަޔަށް މިހިތް އަބަދައްޓަކައި ސުންނާފަތި ކޮށްލުންވެސް މާ ރަގަޅެވެ.
ބަރު ހިތަކާއެކު ތިރިއަށް ފޭބީމެވެ.
..................
-ނުނިމޭ-