ads
އިހަވަންދޫ އައިސް ޕްލާންޓުން އައިސް ގަނެ މަސްވެރިން ދޯންޏަށް ބަރުކުރަނީ
11 ރަށެއްގައި މަސްވެރިންނަށް އަައިސް ޕްލާންޓް ބަހައްޓަނީ
މަސް ދޯނިފަހަރަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިތުރު 11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިން ބުނީ އަލަށް އައިސް ޕްލާންޓްތައް ބަހައްޓާ ރަށްރަށުގައި އެކަމަށް ވާންޖެހޭ ތައްޔާރީތައް ނިމި މިހާރު ވަނީ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިކަމަށެވެ.

އަލަށް އައިސް ޕްލާންޓްތައް ބަހައްޓާ ރަށްތައް 

  • ހއ.ދިއްދޫ 
  • ހދ.ކުޅުދުއްފުށި 
  • ހއ.އިހަވަންދޫ
  • ށ.ފުނަދޫ
  • ށ.ކޮމަންޑޫ
  • ޅ.ނައިފަރު
  • އއ.ރަސްދޫ
  • މ.ވޭވަށް
  • ދ.ބަނޑިދޫ
  • ދ.މީދޫ
  • ގދ.ރަތަފަންދޫ

މީގެތެރއިން އިހަވަންދޫއަކީ މިހާރުވެސް އައިސް ޕްލާންޓެއް ހުންނަ ރަށެކެވެ. އެރަށުގައި ހުރި ޕްލާންޓް މަރާމާތުކޮށް އައިސް އަލުން ދޫކުރަން މިދިޔަ ފެބްރުއަރީ 20ގައި ފެށިކަމަށް ވުޒާރާއިން ކުރިން ބުނެފައިވެއެވެ. 

އަލަށް ބަހައްޓާ ޕްލާންޓްތަކުން 5 ރަށެއްގެ ޕްލާންޓަށް ފަންޑު ހަަމަޖެހިފައިވަނީ ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުންކަމަށާއި އަނެއް 6 ރަށުގައި ޕްލާންޓް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ހަރަދުގައިކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ. 

މި 11 އައިސް ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްވެސް ހަވާލުކުރާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލޓޑ (މިފްކޯ)އާ ކަމަށް ވުޒާރާއިން ބުނެއެވެ. ސަބަބެެއްކަމަށް ބުނީ މިފްކޯއަކީ ސަރުކާރުން މީގެ ކުރިންވެސް ހިންގާފައިވާ އައިސް ޕްލާންޓު ގާއިމްކުރުމުގެ ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކީގައި ނިންމާފައިވާ ކުންފުންޏަކަށްވާތީކަމަށެވެ. 

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ މިހާރު ހުރި ބައެއް އައިސް ޕްލާންޓުތަކުން ޚިދުމަތް ދިނުމުގައި ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތްތައްވެސް މިފްކޯ ގުޅިގެން ކުރަމުން އަންނަކަމަށެވެ.

މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އޮަޕަރޭޓް ކުރަމުންދާ އައިސްޕްލާންޓްތައް މިފްކޯއާއި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ. 

ސަރުކާރުން މިހާތަނަށް 25 ރަށެއްގައި އައިސް ޕްލާންޓުތައް ގާއިމްކޮށްފައިވާކަަމަށާއި، އިތުރު 11 އައިސް ޕްލާންޓެއް އައުމަކީ މަސްވެރިންނަށް އަމާޒުކޮށްގެން ގާއިމްކުރެވިފައިވާ އައިސް ޕްލާންޓުތަކުގެ ނެޓުވޯކުގެ ކެޕޭސިޓީ ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނޭކަމެއްކަމަށް މަސްވެރިކަމާއި ކަނޑުތަކުގެ ވުޒާރާއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް