ads
ވެލާނާގެ-- ފޮޓޯ: މުހައްމަދު ޝަރްހާން
ހަ ރޯދައަށް ސަރުކާރުގެ ރަސްމީ ގަޑިތައް ކަނޑައަޅައިފި
ހަ ރޯދައިގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅައިފި އެވެ.

މި އަހަރުގެ ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، ހެނދުނު 9:00 ން މެންދުރު 1:00 އަށް ކަމަށް ވަނީ ސަރުކާރުން ވަނީ ހަމަޖައްސަވައިފަ އެވެ.

ހިޖުރީ 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރަސްމީ ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖައްސަވާފައިވަނީ، ރައީސްގެ އޮފީހުން 6 މާރިޗު 2022 ގައި ނެރުއްވި ދެންނެވުމުންނެވެ.

މިއަހަރުގެ ރޯދަ މަހުގެވެސް ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ މިވަގުތެވެ. ރައީސް އޮފީހުން ވަނީ ރަސްމީ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް އަންގަވާފައެވެ.

މިއަހަރުގެ ރޯދަ މަހުގެ ފަހު 10 ދުވަސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅުއްވާފައެވެ. އަދި އެއަށްފަހު ސަރުކާރު ރަސްމީކޮށް ހުޅުވޭނީ އަންނަ އާދީއްތަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް