ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލު ފުރަތަމަ ލެގުގައި ބާސެލޯނާ ރޭ ޕީއެސްޖީ ބަލިކުރީ ތިން ލަނޑު ދެ ލަނޑުންނެވެ. މިއީ ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކުޅޭ ބާސެލޯނާ ކުޅޭ ފަހަރެވެ.
ރޭގެ މެޗުގައި ބާސެލޯނާ އިން ފުރަތަމަ ހާފު ނިންމާލީ ރަފީނިއާ ޖެހި ގޯލުން ލީޑުގަ އެވެ. އެކަމަކު، ދެ ވަނަ ހާފު ކުޅުން ފެށިގެން ތިން މިނިޓް ތެރޭ ދެ ގޯލު ޖަހައި، ޕީއެސްޖީން ނަތީޖާ އަނބުރާލި އެވެ. ލަނޑުތައް ޖެހީ އޮސްމާން ޑެމްބެލޭ އަދި ވިޓީނިއާ އެވެ.
ބާސާއަށް އެއްވަރު ކޮށްދިނީ އަނެއްކާވެސް ރަފީނިއާ އެވެ. އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހީ، 77 ވަނަ މިނިޓްގައި އަންދްރެއަސް ކްރިސްޓެންސަން އެވެ.
މި މަހު 16 ވަނަ ދުވަހު ކުޅޭ ދެ ވަނަ ލެގުގައި ބާސެލޯނާ އިން އެއްވަރުކޮށްލައިގެން ވެސް ސެމީ އަށް ދެވޭނެ އެވެ.