ads
ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ
ޕްރިމިއަ ލީގުގައި ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުން ކުރަން ފަށަނީ
އަންނަ ސީޒަނުން ފެށިގެން ޕްރިމިއާ ލީގުގެ ކްލަބުތަކުން ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ (އެސްއޭއޯޓީ) ބޭނުން ކުރުމަށް އިއްތިފާގުން ފާސްކޮށްފި އެވެ.

ޕްރިމިއާ ލީގުގެ ކްލަބުތަކުން ފާސްކޮށްފައިވަނީ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހު ބާއްވާ ބައިނަލްއަގްވާމީ ބްރޭކްތަކުގެ ތެރެއިން އެއް ބްރޭކަށް ފަހު އެ ނިޒާމު ތައާރަފްކުރުން ކަމަށް ޕްރިމިއާ ލީގުން ބުނެ އެވެ.

ޕްރިމިއާ ލީގުގައި މި ޓެކްނޮލޮޖީ ބޭނުން ކުރަން ކްލަބުތަކުން އެޕްރޫވް ކޮށްފައިވާއިރު، ފީފާއިން އެންމެ ފުރަތަމަ މި ޓެކްނޮލޮޖީ ބޭނުންކުރީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައެވެ.

ޕްރިމިއާ ލީގުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން "އޮޕްޓިކަލް ޕްލޭޔަރ ޓްރެކިންގެ މައްޗަށް ބިނާކޮށް ވާޗުއަލް އޮފްސައިޑް ލައިން އަވަސް އަދި އެއްގޮތަކަށް ބެހެއްޓޭނެ" ކަމަށެވެ. އަދި މި ޓެކްނޮލޮޖީން "ސަޕޯޓަރުންނަށް ސްޓޭޑިއަމް އާއި ބްރޯޑްކާސްޓް ތަޖުރިބާ ރަނގަޅު ކުރުމަށް މަތީ ފެންވަރުގެ ބްރޯޑްކާސްޓް ގްރެފިކްސް އުފައްދާނެ" ކަމަށް ވެސް ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް