ads
ޕީއެންއެފްގެ ދިދަ
ޕީއެންއެފް ލޯގޯ، ހުޅެވިހަނދަކާއި ތަރިއެއް
ކުރީގެ ރައީސް އިސްވެ ހުންނަވައިގެން އުފެއްދި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ލޯގޯއާ ދިދަ ދައްކާލައިފިއެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބައްވާފައި ވަނީ މިދިޔަ އީދު ވިލޭރޭގައެވެ. ޖަލްސާ ފުރަތަމަ ބާއްވަން ނިންމި ތަނަށް ވަނަނުދީ ފުލުހުން ހުރަސްއެޅުން އެންމެ ފަހުން ޖަލްސާ ބާއްވާފައިވަނީ ރާޅުގަނޑު ސަރަހައްދުގައި ފޯނުގެ އަލީގަައިއެވެ.  

ޕީއެންއެފްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މަލީހު ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޕާޓީގެ ލޯގޯއާއި ދިދަ އާއްމުކޮށްފައެވެ. ލޯގޯގައި ހިމެނެނީ ތަރިއެއްގެ ތެރޭގައި އިން ހުޅެވި ހަނދެކެވެ. ދިދައިގައި ހިމެނޭނީ ގުރާފެހި ކުލައާއި ނޫ ކުލައެވެ. 

ޕީއެންއެފް އުފެެއްދުމަށް ބޭއްވި ޖަލްސާގައި ޕާޓގެ ވަގުތީ ރައީސެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރައީސް ޔާމިންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންނެވެ.

ޕާޓީގެ ވަގުތީ ސެކެރެޓަރީ ޖެނަރަލަކީ މަލީހް ޖަމާލުއެވެ. ވަގުތީ ރަޖިސްޓްރާއަކީ އަލީ ޝިޔާން އެވެ. ވަގުތީ ހިންގާ ކޮމެޓީގައި 20 މެމްބަރުން ހިމެނޭއިރު އެ ކޮމެޓީގައި ރައީސް ޔާމިންވެސް ހިމެނިވަޑައިގަންނަވައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް