މި އެކްސިޑެންޓްގައި ކުދިކުދި އަނިޔާވި ނަމަވެސް ތިން ކުދިންގެ ހާލުވެސް ރަނގަޅުކަމަށް ރިޕޯޓްތައް ބުނެއެވެ. އެކްސިޑެންޓާ ގުޅިގެން ޖަރުމަނުގެ ލޯކަލް ވޮލަންޓިއަރ ފަޔަރ ޗީފް ބުނީ އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށެވެ.
މި ކަމާ ގުޅޭ ގޮތުން ހެރީ ކޭންގެ ތަރުޖަމާނަކު އިތުރަށް ބުނީ "އެމީހުން ރަނގަޅު ކަމަށާއި ހޮސްޕިޓަލަށް ދިޔައީ ހަމައެކަނި ރޫޓިން ޗެކަޕަކަށް" ކަމަށެވެ.
ޖަރުމަނުގެ ނޫހެއް ކަމަށްވާ ބިލްޑް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޭންގެ ދަރިން ދަތުރުކުރި ކާރު އެކްސިޑެންޓްވީ، އޭނާގެ ޓީމުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗަށް ކޭން ލަންޑަނަށް ގޮސް ހުއްޓައެވެ.