ads
ރައީސް އިބްރާހިމް މުހައްމަދު ސާލިހް
މަޝްރޫއުތައް ހުއްޓާލާ ކެމްޕެއިނަށް ހަރަދުކުރާ މައްސަލަ ބަލަންޖެހޭ: ސާލިހް
ދައުލަތުގެ ބަޖެޓްގައި ފައިސާ ނެތްކަމަށް ބުނެ މަޝްރޫއުތައް ހުއްޓާލާ މަޖިލިސް ކެމްޕެއިނަށް ފައިސާ ހަރަދުކުރާނަމަ އެ މައްސަލަ ތަހުގީގުކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަޖިލިސް ކެމްޕެއިންނަށް މިހާރު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުުޅުގެ ތެރެއިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް ސާލިހް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު މުޅިން ކިޔަމުން އަންނަނީ ފައިސާނެތި ބަންގުރޫޓްވެފައިވާ ވާހަކައާއި ކުންފުނިތައްވެސް ދަރާފައިވާ ވާހަކަކަމަށެވެ. އެހެންނަމަވެސް ހަގީގަތަކީ މި ސަރުކާރަށް ބަޖެޓް މެނޭގްކުރަން ނޭގުންކަމަށާއި އެކަން މިހާރު މިއޮތް ބަޖެޓް ތަންފީޒުކުރަމުންދާ ގޮތުން ފާހަގަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

" އެއްފަހަރު ވިދާޅުވާނެ ފައިސާ ނެތޭ. މުޅިން ބަންގްރޫޓްވެފައި އޮތް ސަރުކާރެކޭ. ކުންފުނިތަކަކު ނެތޭ ފައިސާއެއް. އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ މީ ވޭތުވެދިޔަ ފަސްމަސް ދުވަސް މިވަނީ. ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ގޮތުގައި ތަފްސީލަށް ދާއިރު އިންތިހާއަށް، އިންތިހާއަށް ވަޒީފާތައް އިތުރުކޮށް މުސާރަތައް ދީފައި އޮތްތަން." ރައީސް ސާލިހް ވިދާޅުވި އެވެ.

ތަރައްޤީގެ މަޝްރޫއުތައް ހުއްޓާލާ ކެމްޕެއިންނަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށް ވާހަކަދެކެވޭއިރު އެއީ ތެދެއްކަމަށްވާނަމަ އެކަން ބަލަންޖެހޭނެކަމަށް ރައީސް ސާލިހް ވިދާޅުވި އެވެ. 

ވެރިކަމުގައި މިިދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއަށް ގާތްގަޑަކަށް 36 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާނެކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ. އަދި އެއީ މިހާތަނަށް އެއްވެސް ސަރުކާރަކުން ރާއްޖޭގެ ތަރައްޤީއަށް ނުކުރާވަރުގެ ބޮޑު ހޭދައެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް