އެގޮތުން ޑިޒްނީ ކުންފުނިން ވަނީ ލަޔަން ކިންގް ގެ އާ ފިލްމެއް ކަަމަށްވާ މުފާސަ ދަ ލަޔަން ކިންގް ބެލުންތެރިންނަށް ދޫކޮށްލާނެ ތާރީހު މި އަހަރުގެ ޑިސެމްބަރު 20 އަށް ހަމަޖައްސާފަ އެވެ.
ފާއިތުވި ބުރާސްފަތި ދުވަހު މަޝްހޫރު ފިލްމް ތިއޭޓާތަކުގެ ވެރިންގެ އަހަރީ ޖަލްސާކަމަށްވާ ސިނެމާ ކޮންގައި ވަނީ ފިލްމްގެ ޓްރެއިލާއެއް އަޅުވާފައެވެ.
ޓްރެއިލާ އާންމުންނަށް އަދި ދޫނުކުރާނަަމަވެސް އެ ޓްރެއިލާގައި ޖަންގަލީގެ ރައީސް މުފާސާ އަަދި ކާޓުނުންވެސް ފެނިގެންދިޔަ ބައެއް ޖަނަވާރުތައް ހުންނަ ތަން ދައްކުވައިދެނީ އެފްރިކާގެ ސަވާނާ ޑެޒާޓްގައި ތިބޭ މަންޒަރަކުންނެވެ.
ފިލްމްގެ ޕްރޮޑިއުސަރުން ބުނީ އެ ފިލްމް އިން ދައްކުވައިދޭނީ މުފާސާގެ ޅަ އިރުގައި ދިމާވެފައިވާ ކަންކަމާއި މުފާސާގެ ބޭބެ ސްކާގެ ހަޔާތަށް ކަމަށެވެ.
އަދި ކުރީގެ ލަޔަން ކިންގް ކާޓޫންގެ ބައިތަކުން ގެނެސްދިން ހަކޫނާ މަޓާޓާ ފަދަ ލަަވަތަށް އެ ފިލްގައި ގެނެސްދޭން މަސައްކަތް ކުރަމުންދާކަމަށްވެސް ފިލްމްގެ ޕްރޮޑިއުސަރުން މައުލޫމާތުދެއެވެ.
މީގެ އިތުރުން ފިލްމް ދޫކުރަން ނިންމާފައިވަނީ ބޭރުގައުމުތަކުގެ ޗުއްޓީ ދުވަސްކޮޅަށް ވުމާއިއެކު ފިލްމްގެ ޕްރޮޑިއަސަރުން ވަނީ އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެކަަމަށް އުއްމީދު ކުރާކަަމަށް ހާމަކޮށްފަ އެވެ.