ads
މާލެ ސަރަހައްދު
ހުޅުމާލެ-މާލެ ދަތުރުތައް މެދުކެނޑޭނީ 4 ޖަހާއިރު، މާލެ-ވިލިނގިލި 4:30 ގައި
މިއަދުން ފެށިގެން ހަވީރު 5:00 އިން ރޭގަނޑު 8:00 އަކާ ދޭތެރޭ ފެރީ އަދި ބަހުގެ ހިދުމަތް މެދުކަނޑާލާއިރު ހަވީރު އެންމެ ފަހު ދަތުރު ކުރާ ގަޑޔާއި އަލުން ފަށާ ގަޑިތައް އިއުލާނުކޮށްފިއެވެ. ހުޅު
Advertisement

ފެރީ އާއި ބަހުގެ ހިދުމަތް ދޭ އެމްޓީސީސީ އާއި އެމްޕީއެލުން ބުނިގޮތުގައި ހުޅުމާލެއަށް ކުރާ ފެރީ އަދި ބަހުގެ އެންމެ ފަހު ދަތުރު ކުރާނީ 16:00 ގައެވެ. ބަހުގެ ހިދުމަތް ރޭގަނޑު 20:00 ގައި ފަށާއިރު ފެރީގެ ހިދުމަތް ފަށާނީ 20:30 ގައި ކަމަށް އެމްޓީސީސީން ބުނެ އެވެ.

ވިލިނގިލި އަދި މާލެ ފެރީގެ އެންމެ ފަހު ދަތުރު ކުރާނީ 16:30 ގައި ކަމަށާއި ރޭގަނޑު އަލުން ފަށާނީ 20:15 ގައިކަމުގައި އެމްޓީސީސީން ބުނެ އެވެ.

ބަހުގެ ދަތުރުތައް ހިންގާ އެމްޕީއެލުން ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މީގެފަހުން ހުޅުލެއަށް ކުރާ އެންމެ ފަހު ދަތުރު ކުރާނީ 16:00 ޖަހާއިރުކަމަށާއި އަދި ރޭގަނޑު ދަތުރުތައް ނުކުރާނެކަމަށެވެ.

އެމްޓީސީސީން ހުޅުމާލެ އާއި ހުޅުލެ އާ ދޭތެރޭ ހިންގާ ބަސް ޝަޓްލްވެސް 16:00 ގައި ދަތުރު ކުރުމަށް ފަހު ދެން ކުރަނީ 20:30 ގައި ކަމަށާއި ހުޅުމާލެ ތެރޭ ހިންގާ ނެއިބަހުޑް ބަސް ދަތުރުތައް ހަވީރު 16:35 ގައި އޮތުމަށް ފަހު ދެން އޮންނާނީ ރޭ 20:00 ގައެވެ. 

 ހުކުރު ދުވަހު ހުޅުމާލޭގެ އެތެރޭގެ ދަތުރުތައް ހަވީރު 16:25 ގައި މެދު ކަނޑާލުމަށް ފަހު ފަށާނީ 20:00 ގައި ކަމަށް އެމްޓީސީސީން ބުނެ އެވެ.

މާލެ އަދި ވިލިނިލީގެ އިތުރުން މާލެ ސަރަހައްދުގެ އެހެން ރަށްރަށާއި ދޭތެރޭކުރާ ދަތުރުތަކަށްވެސް ކާފިޔުއާއި ގުޅިގެންވަނީ ބަދަލުގެނެސްފައިވެ އެވެ. މިގޮތުން ތިލަފުށިން މާލެ އަށް ހަވީރު 16:15 ފުރާ ފެރީއަށް ފަހު ދެން ފެރީ އޮންނަނީ ރޭގަނޑު 20:00 ގައެވެ. މާލޭން ތިލަފުށްޓަށް 15:45 ގައި ފެރީއަށް ފަހު ފެރީ އޮންނަނީ 20:30 ގައެވެ.

ގުޅިފަޅުން މާލެ އަންނަ ފެރީ 16:15 އަށް ފަހު ދެން އޮންނާނީ ރޭގަނޑު 23:45 ގައެވެ. މާލޭން ގުޅިފަޅަށް ދާ ފެރީ ހަވީރު 15:45 ގައި އޮތުމަށްފަހު ދެން އޮންނާނީ 23:15 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް