ads
އިބްރާހީމް ރަޝީދު (ހޯރަ އިއްބެ)
ހޯރަ އިއްބެއަކީ ޑިމޮކްރަސީ ދަތުރުގެ މުހިއްމު ބައިވެރިއެއް: ސާލިހް
އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) އަކީ ރާއްޖޭގައި ޑިމޮކްރަސީ ޤާއިމުކުރުމަށް ފެށްޓި ދަތުރުގެ މުހިއްމު ބައިވެރިއެއްކަމަށް އެމްޑީޕީގެ ލީޑަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހް ވިދާޅުވީ އިބްރާހިމް ރަޝީދަކީ އެމްޑީޕީ އަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެއްވި އިހްލާސްތެރި ހިދުމަތްތެރިއެއްކަމަށެވެ.

" ޕާޓީ އުފެދިގެން އައި އިރު ޕާޓީގެ ޕޯޑިއަމްއަށް ވަރަށް ފަރިތަ މޫނެއް. ކުޅަދާނަ ލިޔުންތެރިއެއް އަދި އެހާމެ ހުނަރުވެރި ވާހަކަދެއްކުންތެރިއެއް." ރައީސް ސާލިހް އެކްސްގައި ލިޔުއްވާފައި ވެއެވެ.

އިބްރާހީމް ރަޝީދު ކުއްލި ވަކިވުމާއި އެކު ގިނަ ބަޔަކު ދަނީ އެ ހިތާމަ ފާޅުކުރަމުންނެވެ. 

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްބެ އަކީ އިސްލާހީ މަސައްކަތުގައި އަގު ނުކުރެވޭ ބުރަ މަސައްކަތްތަކެއް ހާއްސަކޮށް ފަށުވި އިބާރާތުން ކަންކަން ރައްޔިތުންނާއި ހަމައަށް ތިލަކޮށްދެއްވި ހުނަރުވެރި ހޯރަފުށި ދަރިއެއްކަމަށެވެ. 

އެމްޑީޕީ ސަރުކާރުގެ ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީގެ މަގާމް އަދާކޮށްފައިވާ ހޯރަ އިއްބެ ނިޔާވީ މިއަދު އައިޖީއެމްއެޗްގަ އެވެ.

ހޯރަ އިއްބެއަކީ، އިސްލާހީ މަސައްކަތްތަކުގައި އެމްޑީޕީގެ އެންމެ އިސްކޮށް ކުރިން ހަރަކާތްތެރިވީ އެކަކެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވިއިރު، ހޯރަ އިއްބެ ހުރީ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިގެން ޖަލަށްލާފަ އެވެ. އެކަމަކު ސޯލިހްގެ ވެރިކަމުގެ ކުރީކޮޅު އިއްބެއަށްވަނީ މާފު ދެއްވާފަ އެވެ. 

ހޯރަ އިއްބެގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅިތެރޭގައި ހުންނަ ގ. މާވަސްގޭގެ ކޮޓަރިއެއްގެ ތެރޭގައި 17 އަހަރުގެ އަންހެން ކުއްޖަކާ ޖިންސީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވުމުންނެވެ. އިއްބެވަނީ ފަހުން އެ އަންހެން ކުއްޖާއާ ކައިވެނި ބައްލަވައިގެންފަ އެވެ.

ހޯރަ އިއްބެއަކީ އެމްޑީޕީގެ ޖަލްސާތައް ކުރިން ހުށަހަޅައިދެއްވި ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް