ލާމު އަތޮޅާއި އައްޑޫ ސިޓީއަސް ފެއްޓެވި ދަތުރުފުޅު ގައި ލާމުގެ ފަހު މަންޒިލެއްގެ ގޮތުން ގަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގައި އިންޓަނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް ގަމުގައި ގާއިމުކޮށް ދެއްވާނެ ކަމަށް ރިޔާސީ އިންތިހާބު ގައި ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އެއީ ރާއްޖޭގައި އަޅާނެލެވި އޮތް މައްސަލައެއް ކަމުން އެކަމަށް ހާއްސަ ހޮސްޕިޓަލެއްގެ މުހިންމު ކަން ރައީސް ފާހަަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ނަފްސާނީ މައްސަލަތަަކަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް ކަމަށެވެ. އެގޮތުން ފުރިހަމައަށް އަޅާނުލެވުމުގެ ސަބަބުން ޒުވާނުން ހަލާކުވެގެން ދާކަަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައިސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ލ އަތޮޅަކީ ޓޫރިޒަމް ވަރަށް ބޮޑަށް ގެނެވޭނެ އަތޮޅަކަށް ވުމާއިއެކު މެޑިކަލް ޓޫރިޒަމް އާ ގުޅުވާލުންކަމަށެވެ. އަދި މެންޓަލް ހޮސްޕިޓަލާ އެކީގައި ޓޫރިޒްމް ހުޅުވާލައިގެން ސަރުކާރުން ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ސިއްހީ ދާއިރާއަށް އަލިއަޅުއްވާލަމުން ރައިސް ވަނީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގައި ހިންގަން ތަރައްގިކުރަން ނިންމާފައިވާ ޓާޗަރީ ފެންވަރުގެ ހަތަރު ފަސް ހޮސްޕިޓަލް އެންމެ މަތީފެންވަރުގައި އެޅުމަށް އެމަނިކުފާނު ވައުދުވެފައި އޮންނާނެކަމަށް ފާހަގަކޮށްފަ އެވެ.
އެގޮތުން ގަމުގައި ފެންވަރުގަ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންދާނެމަކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ޓާޗަރި ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ހުރިހާކަމެއް، ކައުންސިލުން ކަންތައްތަކެއް ކޮށްފައިވީނަމަވެސް އެ ފެންވަރަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ރަސްމީ ސިޔާސަތުތައް ތެރެއިްނ މަސައްކަތް މިހާރު ފަށާފައިވާަކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވީ ގަމަކީ ބިން ބޮޑު ރަށަކަށް ވިޔަސް އެ ބިމުގެ ބޭނުން އެންމެ ބޭނުންތެރި ގޮތަށް ތަރައްގީކޮށްފައި ނުވާ ކަމަށެވެ. އެހެންވެ މިހާރު އަމާޒު ހިފާފައި ހުރީ އެ ތަރައްގީ މި އަތޮޅަށް ގެނެސް ދެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ގަމަކީ ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ދިމާވެފައިވާ ރަށަކަށްވާތީ މިހާރު ވެސް 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރާ ކަމަށާއި އެކަމަކު އެއީ މި ރަށަށް ފުދޭ މިންވަރު ނޫން ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ ސަރުކާރުން ފަސް އަހަރުގެ ތެރޭގައި 40،000 ހައުސިން ޔުނިޓް އެޅުމަށް ކުރާ މަސައްކަތުގައި އެ ރަށުގެ އަދަދު އިތުރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ގަމުން މީގެ އަހަރުތަކެއް ކުރިން ދޫކޮށްފައިވާ ގޯތިތަކުގެ ސައިޒް ބޮޑުކޮށްދޭން ރަށުގެ ރައްޔިތުން ކައުންސިލުގައި އެދިފައިވާތީ އެކަން ވެސް ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރުމަށް ފަހު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.