ads
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
އަސްލަމްގެ ސުވާލެއް ރައީސަށް، ސަރުކާރުން އެދިގެން އެއްބާރުލުން ނުދިނީ ކޮންކަމެއްގައި
ސަރުކާރުން އެދިގެން އެއްބާރުލުން މަޖިލީހުން ނުދިނީ ކޮންކަމެެއްގައި ތޯ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ސުވާލު އުފައްދަވައިފި އެވެ.
Advertisement

މިމަހުގެ 21 ވަނ ދުވަހު ބާއްވާ ރައްޔިތުން މަޖިލީޙުގެ އިންތިހާބުގެ ޕީއެންސީ ކެމްޕެއިން ޖަލްސާތަކުގައި ރައީސް މުއިއްޒު ގެންދަވަނީ މިހާރު އޮތް މަޖިލީހުން ސަރުކާރަށް އެއްބާރުލުން ނުދީ ޖެއްސުންކުރާކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ޕީޢެންސީއަށް މަޖިލީހުގެ މެޖޯރިޓީ ދޭންޖެހެނީ މި ސަބަބާއި ހެދިކަމަށްވެސް ކޮންމެ ޖަލްސާއެއްގައި ހެން ރައީސް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ. 

ރައީސް މުއިއްޒުގެ މިވާހަތަކަށް ފުރަތަމަ ފަހަރަށް ރައްދުދެއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ސަރުކާރުން އެދިގެން މަޖިލީހުން އެއްބާރުލުން ނުދިނީ ކޮންކަމެއްގައިތޯ ސުވާލު އުފައްދަވާފަ އެވެ. 

އަސްލަމް ވިދާޅުވީ މަޖިލީހުގެ ދައުރު ނިންމަންޖެހޭ ދުވަސް ފަހަނަ އަޅާ ދިޔަފަހުންވެސް ސަރުކާރަށް ބަޖެޓް ފާސްކޮށްދިނުމަށް މަޖިލިސް ދަންމާލާ ޖަލްސާތައް ބާއްވާދީފައި ވާނެކަމަށެވެ. އޭގެ އިތުރުުން ރައީސް މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތުވެސް އެމަނިކިފާނު އެދިވަޑައިގަން ގޮތަށް މަޖިލީހުން ހުރިހާ އިންތިޒާމެއް ހަމަޖައްސާ ދިންކަންވެސް އަސްލަމް ފާހަގަކުރެއްވި އެވެ. 

" އެމަނިކުފާނުގެ ޖާހަށްޓަކައި، އެމަނިކުފާނުގެ ޝަރަފަށްޓަކައި، އެމަނިކުފާނު ބޭނުންވިހާ ގޮތަކަށް މަޖިލީހުން ބޭރުގައި 22 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމަނިކިފާނު ބޭނުންވިހާ ގޮތަކަށް އެ ޖަލްސާވެސް (ހުވާކުރުމުގެ ޖަލްސާ ) އަޅުގަނޑުމެން މަޖިލީހުން އިންތިޒާމުކޮށްދިނިން." އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ރިޔާސީ ބަޔާން އިއްވަން އޮތް ޖަލްސާ އެމްޑީޕީގެ މެމްބަރުން ބޮއިކޮޓްކުރި ނަމަވެސް ރަައީސް މުއިއްޒުގެ ޓީމު އެދިވަޑައިގެން ގޮތަށް އެ ޖަލްސާގެވެސް ހުރިހާކަމެއް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެންމެ ފުރިހަމަކޮށް ހަމަޖައްސާދިންކަމަށެވެ. 

" އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާކަން ބޭނުންވަނީ ކޮންކަމެއް ނުކޮށްގެން ކޮންކަމެެއްގެ ވާހަކަތޯ އެ ދައްކަނީ. 19 ވަނަ ރައްޔިތުން މަޖިލީހުގައި 130 ގާނޫނު، ގާނޫތަކަށް ގެނެވުނު އިސްލާހައި އަލަށް އުފަން ކުރެވުނު ގާނޫތަކާއި އެއްކޮށް އަޅުގަނޑުމެންގެ ވެރިކަމުގައި އެވަނީ ފާސްކޮށްފައި" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ 466 ގާނޫނުގެ ތެރެއިން 130 ގާނޫނަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ވެރިކަމުގައި މަޖިލީހުން ފަސްކޮށްފައިވާ ގާނޫނުތައްކަމަށެވެ. އަސްލަމް ވިދާޅުވީ ކުރީ ސަރުކާރުން ހުށައަޅާފައި އޮތް 7 ބިލެއް މި ސަރުކާރުން ވެރިކަމަށް އައިސް އަންބުރާ ގެންގޮސްފައިވާކަމަށެވެ. އަދި ކުރީ ސަރުކާރުން ހުށައެޅި ބައެއް ބިލްތައް މި ސަރުކާރަށް ނުގެންދެވި ހުރީ ކޮމެޓީ މަރުހަލާގައި އޮތުމުންކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"ބިލްތައް ނަންގަވާފައި އަވަހަކަށް ފޮނުއްވަނީކީވެސް ނޫން. ރައްޔިތުންނަށް މުހިއްމު ބިލްތައް ހުރީ. އެބޭފުުން ވިދާޅުވާނީ ގާނޫނެއް ފާހެއް ނުކުރެވޭ 8 މަސްވީ އޭ އެއްވެސް ކަމެއް ނުކުރެވެޔޭ. ކޮންކަމެއް ނުވެގެން ކޮން ވާހަކައެއްތޯ މި ދައްކަވަނީ. އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހަކުންނޭ މަޖިލީހުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ގާނޫނުތައް ގެނެސްފައި އެ އޮތީ. އޭއީ ރައްޔިތުންނަށް މަންފާހުރި ރައްޔިތުންނަށް ފައިދާ ހުރި ރައްޔިތުންނަށް ބޭނުން ހުރި ގާނޫނުތަކެކޭ." 19 ވަނަ މަޖިލީހުން ކޮށްފައިވާ މަސައްކަތްތައް ހާމަކުރައްވަމުން އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދަޅުވީ އިންކަމް ޓެކްސް ގާނޫނާއި މިނިވަން ވޭޖްގެ ގާނޫނުގެ ވާހަކަތައް ދައްކާތާ އެތައް ދުވަހެއްވީއިރު އެ ގާނޫނުތައް ތައްޔާރުކޮށް ފާސްކޮށްދީނީ މިދިޔަ އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައިކަމަށެވެ. އަދި މިނިވަން މުވައްސަސާއަކަށް ސަރުކާރުން ފޮނުވި ނަމެއްވިޔަސް ފާސްކުރަުން ގެންދާކަމަށާއި މަޖިލީހުން އެއްވެސް ކަމެއް ނުހިފަހައްޓާކަމަށް އަސްލަމް ވިދާޅުވި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް