ads
ރައީސް ޔާމީންް މިނިވަންކުރުމަށް ގޮވާލާ ކުރި މުޒާހަރާއެއްގެ ތެރެއިން
ފަނޑިޔާރެއްގައި އާއިލާއަށް މުއިއްޒު ދަނީ ސިޔާސީ ހަދިޔާދެމުން: ޑރ. ޖަމީލް
ރައީސް ޔާމިންގެ އިސްތިނާފު މައްސަލަ ބައްލަވަމުން ގެންދަވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރެއްގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ ހަދިޔާ ދެމުންގެންދަވާކަމަށް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑަރިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓްގައި ނިންމާލީ މިދިޔަ އަހަރުގެ ނޮވެމްބަރު 21ގައެވެ. އެ އަޑުއެހުން ނިންމާލަމުން ދެން އޮންނާނީ ހުކުމްކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާންކުރެއްވި ނަމަވެސް އޭގެފަހުން މިހާތަނަށް އެ ޝަރީއަތް ބާއްވާފައެއް ނުވެއެެވެ. 

ރައިސް ޔާމީންގެ މައްސަލަ ލަސްވާ ސަބަބު ޖޭއެސްސީން ބަލަން މިއަދު ހުށައަޅުއްވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރޭ ވަނީ ވިދާޅުވެފަ އެވެ. 

މި ވާހަކަތަކާއި ގުޅުވާ ރައީސް ޔާމީންގެ އިސްވަކީލެެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މުހައްމަދު ޖަލީލް ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރަން، ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ހުރަސް އަޅުއްވަމުން ގެންދަވާކަމަށެވެ. އަދި މިވާހަކަތަކީ ޔޯލަ ވާހަތަކެއް ނޫންކަމަށްވެސް ޖަމީލް ވިދާޅުވި އެވެ. 

"ރައިސް މުއިއްޒު އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސް ޔާމީނު މިނިވަން ކުރަން ހުރަސް އަޅުއްވާ. ވަކި ފަނޑިޔާރަކަށް ނުފޫޒް އެބައޮތް. އެފަނޑިޔާރުގެ އާއިލާއަށް ސިޔާސީ ހަދިޔާ ރައީސް މުއިއްޒު ދަނީ ދެއްވަމުން. ޕީއެންއެފްގެ ޖަލްސާގެ ސަބަބުން ހާމަ ވެގެން ދިޔައީ ރައިސް ޔާމީނާމެދު ރައީސް މުއިއްޒުގެ ޢަދާވާތްތެރިކަމާއި ހަސަދަ ވެރިކަން. މިހާރު މިއީ ޔޯލަވާހަކައެއް ނޫން! " ޖަމީލު އެކްސްގައި ލިޔުއްވާފައިވެ އެވެ.

ޕީއެންއެފް އުފައްދަން ބޭއްވި ޖަލްސާއަށް ހުރަސްއެޅުމަށް އެސްއޯ ފުލުހުން ފޮނުވީވެސް ސީދާ ރައީސް ޑރ މުހައްމަދު މުއިއްޒުކަމަށްވެސް ޖަމީލް ވަނީ ތުހުމުުތުކުރައްވާފަ އެވެ. 

"ޕީއެންއެފް ޖަލްސާ އަށް އެސްއޯ ފުލުހުން ފޮނުވީ ސީދާ ރައީސް މުއިއްޒު. ފުލުހުންނާމެދު ފިޔަވަޅެއްވެސް ނާޅާ. ގާނޫނުގައި އޮތްގޮތް ހަމައެކަނި ހާމަކުރީ. ފިޔަވަޅަކަށް ވާނީ އިހްސާން ވަކިކުރުން." ޖަމީލް ވިދާޅުވި އެވެ. 

ރައީސް ޔާމިން އިސްވެ ހުންނަވާ އުފެއްދި ޕީޕަލްސް ނޭޝަނަލް ޕްރަންޓް (ޕީއެންއެފް) އުފައްދުމަށް ބެއްވި ޖަލްސާއަށް ދިޔަ ބައިވެރިން ގިޔާސުއްދީންނަށް ވަނުމަށް ފުލުހުންވަނީ ހުރަސްއަޅާފަ އެވެ. އެކަމާއި ގުޅިގެން ހަމަނުޖެހުން ހިންގާ ފުލުހުންވަނީ ޕެޕާ ސްޕްރޭވެސް ބޭނުންކޮށްފަ އެވެ. 

މިކަމާއި ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ ފުލުހުން އެކަން ކޮށްފައި ވަނީ އެމަނިކުފާނަށް އެނގިވަޑައިނުގެންކަމަށެވެ. އަދި އެކަން ކުރި ބަޔަކު ބަލާ ފިޔަވަޅު އަޅާފައި ނޫނީ ނިދި ނުކުރެއްވޭނެކަމަށްވެސް ވިދާޅުވި އެވެ. އެހެންނަމަވެސް މިކަމުގައި މިހާތަނަށްވެސް އެއްވެސް ފިޔަވަޅެއް އެޅިކަމެއް އަދި ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް