ads
ޕްރިންސެސް ޑަޔާނާ
ޕްރިންސަސް ޑަޔާނާ ރާނީ އެލިޒެބަތް އަށް ޗާރްލްސް ސިފަކޮށްދިނީ ބިރުވެރި ހުވަފެނެއް ގޮތަށް
ޕްރިންސެސް ޑަޔާނާ، ރާނީ އެލިޒެބަތަށް އޭނާގެ ފިރިކަލުން ޕްރިންސް ޗާލްސް ސިފަކޮށްދިނީ ބިރުވެރި ހުވަފެެނެއް ގޮތަށްކަަމަށް އިނގިރޭސިވިލާތުގެ ޝާހީ ހާންދާނުގެ ކަންކަން ދިރާސާކުރި މާހިރެއްކަމަށްވާ އިންގްރިޑް ސެވޯޑް ހާމަކޮށްފި އެވެ.

ޝާހީ އާއިލާގެ ކަންކަން ދިރާސާކުރުމުގެ އިތުރުން މަޝްހޫރު މެޖެސްޓިކް މެގަޒިންގެ ޗީފް އޮފް އެޑިޓާ ކަމަށްވާ އިންގްރިޑް ސެވޯޑް ވަނީ އޭނާގެ އަލަށް ނެރުނު ފޮތް މައި މަދާ އެންޑް އައިގައި ޕްރިންސަސް ޑަޔާނާ އާއި ކިންގް ޗާރްލްސް ގެ ގުޅުމާ ގުޅޭ އާ ކަންކަން ހާމަކޮށްފަ އެވެ.

ސެވޯޑް ބުނީ އެލިޒެބަތްއަށް ޑަޔާނާ އާ ޗާރްލްސް ވަކިވެ ވަރިވުމުގެ މާކުރިންވެސް އެ ދެމަފިރިންގެ ދިރިއުޅުމުގައި ހުރި މައްސަލަތަށް އެނގޭކަމަށެވެ. ކަންކަން ގޯސްވެ ޑަޔާނާ ކަންބޮޑުވެ މާޔޫސްވެގެން ދިޔަ ދުވަހަކު ރޮމުން ގޮސް ޗާލްސް އަކީ "ނައިޓްމެއާ" ނުވަތަ ބިރުވެރި ހުވަފެނެއް ފަދައޭ އެލިޒެބަތު ގާތު ބުނިކަމަށްވެސް ސެވޯޑް ލިޔުނު އާ ފޮތުގައި ހާމަކޮށްފައިވެ އެވެ.

your imageޕްރިންސެސް ޑަޔާނާ

ރާނީގެ ބޮޑެތި އިވެންޓްތަކުގެ މެދު ތެރެއިން ޕްރައިވެޓް ރޫމަށްގޮސް ޑަޔާނާ ވަރަށް ގިނައިން ރޯން ހުންނަ ކަަމަށް ސެވޯޑް މައުލޫމާތުދެ އެވެ. ކޮންމެ 20 މިނެޓަކުން ޑަޔާނާ ރޯންފަށާނެކަމަށް ސެވޯޑް ލިޔުނު ފޮތުގައި ހާމަކޮށްފައިވެ އެވެ. އަދި ޑަޔާނާ ރޮމުން ގޮސް އެދުވަހު ވާހަކައެއް ބުނި ކަމަށްވެ އެވެ. 

"ހުރިހާ އެންމެން އަހަރެންދެކެ ރުޅިއާދޭ، އަހަރެން ފިރިމީހާ ޗާލްސް ދެކެ ވަރަށް ފޫހިވޭ، އޭނާއަކީ ބިރުވެރި ހުވަފެނެއް ފަދަ" ޑަޔާނާ އެލިޒެބަތު ކައިރީ ބުނިކަމަށްވެ އެވެ.

ސެވޯޑް ބުނީ އެފަދަ ދުވަސް ދުވަހު ޑަޔާނާ މާޔޫސްވެ ރޯ މަންޒަރު ރާނީ އެލިޒެބަތް ބަސްހުއްޓި ހަދާނެގޮތެއް ނޭންގިފައި ބަލަން ހުންނަ ކަަމަށެވެ. އަދި އެލިޒެބަތް އަށް ކަން ހައްލު ކުރާ ގޮތް ނޭންގުމުން އެފަދަ މައްސަލަތަކަކީ ޗާރްލްސް އަމިއްލައިން ހައްލުކުރަން އެނގެންޖެހޭ ކަންކަންކަމަށް ރާނީ ދެކެމުން ދިޔަ ކަމަށްވެސް ސެވޯޑް ބުނެއެވެ. ސެވޯޑް ވަނީ ރާނީ އެފަދަ ކަންކަން ހައްލުކުރަން ނޭންގެނީ އެފަދަ ކަމަކަމާއި އަމިއްލައަށް ތަހައްމަލުކުރަން ނުޖެހުމުން ކަމަށްވެސް ވެދާނެކަަމަށް ކަަމަށް ބުނެ ހިޔާލު ފާޅުކޮށްފަ އެވެ. 

your imageރަސްގެފާނު ޗާލްސް (ވ) އާއި ރާނީ ކަމީލާ

މިހާރު އިނގިރޭސި ޝާހީ އާއިލާގެ "ކިންގް" ނުވަތަ އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު ޗާލްސް ތިނެއް (ދުނިޔޭގެ އެންމެ ދުވަސްވީ ޝާހީ ވެރިކަން، ޔުނައިޓެޑް ކިންގްޑޮމްގެ ޝާހީ ރަސްކަމަށް، އިއްޒަތާއި ޝަރަފާ އެކު ޗާލްސް ފިލްޕް ޖޯޖް - ޗާލްސް 3 ރަސްމީކޮށް ވަޑައިގެންނެވީ 06 މެއި 2023 ގައި އެވެ) ޑަޔާނާ ކައިވެނި ބައްލަވާގަތީ 1981 ވަނަ އަހަރުގަ އެވެ. 1992 ވަަނަ އަހަރު ވަކިވާން ނިންމާ އެ ދެމަފިރިން ވަރިވީ 1996 ވަަނަ އަހަރުގަ އެވެ. 

ޕްރިންސް ވިލިއަމާއި ހެރީގެ މަންމާފުޅު ފްރާންސްގެ ވެރިރަށް ޕެރިހުގެ ބިމުއަޑީގެ މަގެއްގައި އޮގަސްޓް 31، 1997 ގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އަވަހާރަވި ޑަޔާނާގެ އުފަން ދުވަހަކީ ޖުލައި 1 އެވެ. އަވަހާރަވިއިރު، އުމުރުފުޅުން އެންމެ 36 އަހަރު އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް