ފ. އަތޮޅުގައި އަޅާ އެއަރޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 42.6 ހެކްޓަރުގެ ބިން ހިއްކުމާއި ދެ ކިލޯމީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓާއި 1.4 ކިލޯމީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނޭ ގޮތަށެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެހެންނަމަވެސް މި މަސައްކަތް ހަވާލުކުރި އަގެއް މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ.
ނިލަންދޫގައި އެއާޕޯޓްގެ މަސައްކަތް ކުރަން ހަވާލުކުރިއިރު ރައީސް މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ ގެންދަވަނީ އެ ދާއިރާއަށް ވާދަކޮށް ކެމްޕެއިން ކުރަމުންނެވެ.
ނިލަންދޫގައި އެއާޕޯޓް އަޅަން މި ފަށަނީ އެރަށު ކައިރީގައި އޮންނަ މަގޫދޫގައި އަޅާ އެއާޕޯޓްގެ މަސައްކަތް ނިމެން ގާތްވެފައިވަނިކޮށެވެ. އެހެންނަނަމަވެސް އެ މަސައްކަތް ހުއްޓާލާފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ނިލަންދޫ އެއާޕޯޓު އަޅަން ބޭނުންވާ ސާވޭކޮށް އީއައިއޭ ހެދުމުގެ މަސައްކަތް ކުރީ ވެސް އެމްޓީސީސީންނެވެ. މި އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ ނިލަންދޫ އެއާޕޯޓުގެ އަޅަން ބޭނުންވާ ބިން ހިއްކުމެވެ.