ads
ފޭދޫ ދާއިރާގެ މަޖިިލިސް މެމްބަރު: ނިހާދު
މަޖިލީހުގައި ނުފޫޒު ގަދަ މެންބަރުން ތިބެ، އައްޑޫގެ ތަރައްގީއަށް ހުރަސް އެޅި: ނިހާދު
ނުފޫޒު ގަދަ އައްޑޫ ދާއިރާތަކުގެ މެމްބަރުން އައްޑޫގެ ތަރައްގިއަށް ހުރަސް އަޅާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
Advertisement

އައްޑޫ ގައި ރޭ ޕީއެންސީން ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ނިހާދު ވަނީ ކުރީގައި އޮތް އެމްޑީޕީ ސަރުކާރުން އައްޑޫއަށް ތަރައްގިގެންނަން މަސައްކަތްނުކުރާކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް ސަރުކާރެއް އޮތަސް އަދި އައްޑޫ ސިޓީގައި އުފެދޭ ކުޑަ ސަރުކާރު އޮވެގެނެއް އައްޑޫއަށް ތަރައްގިއެއް ނުގެނެވޭނެ، އެއީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ބާރުގަދަ ނުފޫޒުގަދަ މެމްބަރުން ތިބެގެން އައްޑޫ ސިޓީގެ ތަރައްގިއަށް އަރާ ހުރަހުގެ ވާހަކަ." ނިހާދު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ޕޯޓު ޕްރޮޖެކްޓް އަށް 30 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނަން އޭނާ އާދޭސްކުރިނަމަވެސް މަޖިލީސް ތެރޭ ނުފޫޒު ފޯރުވުމުގެ ސަބަބުން އެކަމެއްވެސް ވިޔަ ނުދިން ކަމަށް ނިހާދު ވަނީ ހާމަކޮށްފަ އެވެ.

"އައްޑޫ ސިޓީގެ ޕޯޓް ޕްރޮޖެކްޓް އޮންނާނީ އެވޯޑްކޮށްފަ. ނަމެއްގައި. އެ ޕްރޮޖެކްޓަށް ބޭނުންވާ 30 މިލިއަން ރުފިޔާ ބަޖެޓްގައި ޖެހުމަށްޓަކައި އަޅުގަނޑަކީ އާދޭސްކުރި މީހެއް،" ނިހާދު ވިދާޅުވި އެވެ.

ނިހާދު ވިދާޅުވީ އެކަން އެއިރު ކާމިޔާބު ނުވީ ބަޖެޓު ކޮމިޓީގައި ތިއްބެވި އައްޑޫ ސިޓީގެ ކުޑަ ސަރުކާރުގެ ވެރިން ހުރުމުން ކަމަށެވެ. އެމީހުން އެ މަޝްރޫއު ބަޖެޓުގައި ޖަހާ ނުދިން ކަމަށާއި އެއީ ނަމެއްގައި ބާއްވާފައި އޮތް އެއްޗެއއ ކަަމަށް ނިހާދު އިތުރަށް ވިދާޅުވިއެވެ. އެހެންކަމުން ޕީއެންސީގެ އާދޭހަކީ މިއަދު އެތަރައްގީ ލިބިގަތުމަށްޓަކައި އެންމެން ނިކުމެ މަސައްކަތް ކުރުންކަމަށް ނިހާދު ވިދާޅުވި އެވެ. 

މީގެ އިތުރުން ނިހާދު ވަނީ ފޭދޫގައި ބިމެއް ހިއްކާފައި އޮންނަތާ އެތައް އަހަރެއް ވީނަމަވެސް އިތުރަށް ވި އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ. ކުރީ ސަރުކާރު ގާތު އެތާ ފެނާ ނަރުދަމާ އަޅައިދޭން އެދުންނަަމަވެސް އެކަންވެސް ނުވިމަށް ނިހާދު ވަނީ ހާމަކޮށްފަ އެވެ.

މިހާދު ވިދާޅުވީ މިހާރުގެ ސަރުކާރުން އޮތީ އެ މަޝްރޫއު ބަޖެޓުގައި ޖަހާނެކަމަށް ވައުދުވެފައި ކަމަށާއި އައްޑޫއަށް ތަރައްގީގެ ހުރިހާ ކަމެއް ކުރެވެން އެއޮތީ ޕީއެންސީން އެމްޕީން ހޮވައިގެން ކަަމަށެވެ. ރައީސް މުއިއްޒުގެ ސަރުކާރަށް އެއްބާރުލުން ދޭނެ އެމްޕީން ހޮވައިގެން އެކަން ކުރެވިއްޖެޔާ އައްޑޫ ސިޓީއަށް ލިބެން ޖެހޭ ތަރައްގީ ގެެނެވޭނެ ކަމާއިމެދު އެއްވެސް ޝައްކެތް ނުކުރާކަަމަށް ނިހާދު ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ހުންނެވީ އައްޑޫ ސިޓީއަށް ހާއްސަކަމެއް ދެއްވާގެން، އައްޑޫ ސިޓީގެ ރައްޔިތުންނާއި އެކީގައި ކަަމަށް ނިހާދު ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުން މިއަދު ބަލަންވީ އަދި ދެކެންވީ ހުވަފެނަކީ ނުވެފަ އޮތް ހުރިހާކަމެއް، ހުވެފެން ހަގީގަތަކަށް ހެދުން ކަަމަށް ނިހާދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް