ads
ޔާމީން ޝަރީއަތް ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށައަޅައިފި
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާތީ އެކަން ބަަލާދިނުމަށް އެދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ޖުޑީޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ ) އަށް ހުށައަޅުއްވައިފިއެވެ.

މަޖިލިސް އިންތިހާބަށް ތާއީދު ހޯދުމަށް ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަންނަ ދައުރަށްވެސް ވާދަކުރައްވާ މަޖިލީހުގެ މިހާރުގެ ރަޢީސް މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ނުބައްވާ މީހާ ގިނަދުވަސްވުމުން ދޭހަވަނީ ސަރުކާރުން ނުފޫޒު ފޯރުވާ މައްސަަލައަށް އަތްބާނަމުންދާ މިންވަރުކަަށެވެ.

"ރައީސް ޔާމީނުގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީން ބެލުމަށްޓަކާ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގަ އަޅުގަނޑު އިންނާތީ، މާދަމާ އެ މައްސަލަ އަޅުގަނޑު ލާނަމޭ، ބަލުވާނަމޭ އެ މައްސަލަ ޖޭއެސްސީން. " އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ޖޭއެސްސީއަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ  "ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހަތަރު މަސް ވީއިރު ވެސް، ހުކުމް ނީއްވި ލަސްވަމުން ދާތީ، މިހެން މިދިމާވަނީ، ފަނޑިޔާރުންގެ މައްޗަށް އެއްވެސް ކަހަލަ ނުފޫޒެއް އޮވެގެން، ނޫނީ ސުލޫކީ މިންގަނޑު ނުހިފެހެއްޓިގެންތޯ ޖޭއެސްސީ އިން ބައްލަވައި ދެއްވުމަށް ހުށަހަޅާކަމަށެވެ. 

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑަރިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓްގައި ނިންމާލީ މިދިޔަ އަހަރުގެ ނޮވެމްބަރު 21ގައެވެ. އެއީ އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެވެ. ދެން އޮންނާނީ ހުކުމް ކުރުންކަމަށް ވިޔަސް މިހާތަނަށް އެ މައްސަލަ ހައިކޯޓުން ތާވަލުކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް