ads
އައްޑޫ ސިޓީ ހުޅޫދޫއާ މީދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރަނީ
އައްޑޫ ސިޓީ މީދޫއާ ހުޅުދޫ ބިން ހިއްކަން ފަށައިފި
އައްޑޫސިޓީ ހުޅުދޫ އާއި މީދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވީ އައްޑޫސިޓީ ހުޅުދޫ އާއި މީދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓިސީސީން ފެށީ މިއަދު ކަމަށެވެ. އަދި މި މަޝްރޫއުގެ ތެރެއިން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ކުރިޔަށްދާނެކަމަށެވެ. 

މި މަޝްރޫގެ ދަށުން ސ.ހުޅުދޫގައި 11.7 ހެކްޓަރު، ސ.މީދޫގައި 20.6 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން  5 ހެކްޓަރުގެ ދެ ރަށާއި، ގޮނޑު ދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިޔަށްދާނެކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ. މި މަޝްރޫއުގެ އަގަކީ 180 މިލިއަން ރުފިޔާއެވެ.

އައްޑީޫގެ ތަރައްޤިއަށް ރައީސް މުއިއްޒުގެ އެންމެ ބޮޑު ވައުދުކަމުގައިވާ ހިތަދޫ- ހުޅުދޫމީދޫ ބްރިޖު އަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފައްޓަވާނެކަމަށް ރޭ އައްޑީ ސިޓީގައި ހުންނަވާ އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

 އައްޑޫ ސިޓީއަސް ސަރުކާރުން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ރޭ ވިދާޅުވީ 2028 އައިމާ ކުރަން ފަށާކަމަށް ބްރިޖިގެ މަސައްކަތް ބާއްވަން ބޭނުންނުވާތީ މިއަހަރު މަސައްކަތް ފަށާ ދައުރު ނިމުމުގެ ކުރިން ނިންމަވާނެކަމަށެވެ. 

"މި އަހަރު 2024 ނިމުމުގެ ކުރިން އެ ބްރިޖު އަމަލީ ގޮތުން ފަށާނަން. އެއީ ކީއްވެގެން، އަޅުގަނޑު ބޭނުން މި ދައުރު ނިމޭއިރަށް ބްރިޖު ނިންމަން. ބްރިޖު ނިންމަން ބޭނުން،" ރައީސް ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް