ads
ކޮލަމާފުށި ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް ސައްޔާހް ހަލީލްގެ ކެމްޕެއިންގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ
އެންޓިޑިފެކްޝަން ބިލް ތަސްދީގުނުކުރާތީ އިބޫގެ ފާޑުކިޔުން ރައީސަށް
އިންތިހާބުވާ ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް ހިމަނާ މަޖލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް ތަސްދީގުނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނަވާތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފާޑުވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ސާލިހް މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގއ. މާމެންދޫގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް ސާލިހް ވިދާޅުވީ މި ފަދަ މުހިއްމު ވަގުތެއްގައި އެންޓި ޑިފެކްޝަން ބިލް ތަސްދީގުނުކޮށް ހިފަހެއްޓައިގެން އިންނެވުމަކީ ރައީސް މުއިއްޒު ޑިމޮކްރަސީއަށް ފާޅުގައި އަޅުއްވާ ހުރަހެއްކަމަށެވެ. 

" އަޅުގަނޑުމެންނަށް މި މައުލޫމާތު ލިބެނީ މި ބްލި އަންބުރާ ފޮނުވާލާނެކަމަށް. އެހެންނަމަވެސް އިރާދަކުރެއްވިޔާ ފޮނުވާލިޔަސް އެ ބިލު ރައްޔިތުން މަޖިލީހުގެ ތެރެއިން ފާސްކުރާނަން." ރައިސް ސާލިހް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނުގެ ބިލް މަޖިލީހުން ފާސްކުރީ މިމަހުގެ 1 ވަނަދުވަހުއެވެ. 

މި ބިލްގައިވާ ގޮތުން އެމީހަކު އިންތިހާބު ގޮނޑިއަކުން 3 ހާލަތެއްގައި އިސްތިއުފާ ދޭންޖެހެއެވެ. އެއީ އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވުމާއި އެހެން ޕާޓީއަކަށް ބަދަލުވުމާއި އެހެން ޕާޓީއެއްގައި ދަފްތަރުވުން ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއަކާއި ގުޅުމެވެ. މި އިން އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ 7 ދުވަހުގެތެރޭގައި އިސްތިއުފާން ދޭންޖެހޭނެކަމަށް ބިލުގައިވެއެވެ. އެހެންނަމަވެސް އިސްތިއުފާ ނުދީފިނަމަ ދެން ހެދޭނެ ގޮތެއް ބިލޕުގައި ހިމަނާފައެއް ނުވެއެވެ. 

މަޖިލީހުން ފާސްކުރިން އެންޓި ޑިފެކްޝަން ބިލަށް އުސޫލެއްގެ ގޮތުން ތާއީދުކުރައްވާކަން ރައީސް ޑރ މުއިއްޒުވެސް ވަނީ ހާމަކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް