ads
ސަލްމާން ހާން
ސަލްމާން ހާން ގޭ ބޭރުގައި ބަޑި ޖަހައިފި
ސަލްމާން ހާން ގެ ގޭ ބޭރުގައި މިއަދު ހެނދުނު 2 މީހަކު ބަޑިޖަހާފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
Advertisement

މުމްބާއީ ފުލުހުން ބުނީ އެ ފަރާތަށް ރިޕޯޓްކޮށްފައިވާގޮތުގައި މިއަދު ހެނދުނު 5:00 ހާއިރު ސަލްމާން ހާން މުމްބާއީ ގައި ދިރިއުޅޭ ގެއިން ބޭރުގައި އުޑާދިމާލަށް 3 ފަހަރެއްގެ މަތިން ބަޑި ޖަހާފައިވާކަމަށެވެ. އަދި މިއަދު ހެނދުނު ސަލްމާންއަށް ބިރު ދެއްކުމުގެ ގޮތުން ބަޑި ޖަހާ ހަރަކާތްތެރިވެފައިވަނީ 2 މީހުން ކަމަށް މަންޒަރުދުއް މީހުން ވަނީ ފުލުހުންނަށް މައުލޫމާތު ދީފައެވެ.

ފުލުހުންނާއި ފޮރެންސިކް ޓީމުން ސަލްމާން ދިރިއުޅޭ ގޭ ސަރަހައްދުގައި މިހާރު ހަރަކާތްތެރި ވަމުން ދާއިރުގައި ބަޑިޖެހި ކަމަށް ތުހުމަތުކުރެވޭ 2 މިިހެއްގެ ސީސީޓީވީ ފޫޓޭޖްތަކެއް މިހާރު ވަނީ ސޯޝަލްމީޑިއާގައި އާންމުވެފަ އެވެ. ވީޑިއޯއިން ދައްކުވައިދެނީ 2 މީހަކު ސަލްމާންގެ ގެ ބޭރުގައި ބަޑިޖެހުމަށްފަހު ސައިކަލަށް އަރާ ބާރު ސްޕީޑަގައި ދުއްވާފައި އެ ސަރަހައްދުން ދާ މަންޒަރެވެ.

މިހާދިސާއާ ގުޅިގެން ސަލްމާންހާން ގެ ސަޕޯޓަރުން ދަނީ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސަލްމާންގެ ސެކިއުރިޓީ ވަރުގަދަ ކުރަން އަންގައި ގިނަ ބަޔަކު ދަނީ އެ ގައުމުގެ ހޯމް މިނިސްޓަރަށް އެ ފަދަ ކަމަކަށް އަވަސް ފިޔަވަޅު ނޭޅުމުގެ ސަބަބުން ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

މިއީ ސަލްމާންއަށް ބިރު ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. ކެނެޑާއަށް ނިސްބަތްވާ ގޭންގް ގްރޫޕެއްކަމަށްވާ ގޯލްޑީ ބްރާރް އިން މިދިޔަ އަހަރު ވަނީ ސަލްމާން އަށް ބިރު ދައްކައި މަރާލާކާނެކަމަށް އިންޒާރުދީފައެވެ. އަދި އެމީހުން ބުނާ ގޮތުގައި ސަލްމާންއަކީ އެމީހުން ބަޑި ޖަހަން ބޭނުންވާ މީހުންގެ ލިސްޓުގައި ހިމެނޭ އެކަކުކަަމަށްވެސް ހާމަކޮށްފައިވެއެވެ. 

އަދި އެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެ ގޭންގް ގްރޫޕާ އާއި އެ ހާދިސާގައި ޝާމިލްވިމީހުންނާ ދެކޮޅަށް އެފްއައިއާރެއް ވެސް ފައިލްކޮށްފަ އެވެ.

58 އަހަރުގެ ސަލްމާންހާން ވަނީ އީދު ދުވަހު އޭނާގެ ގެލެކްސީ ފްލެޓް ގެ ބެލަކަނީ މަތިން، އެ ސަރަހައްދަށް އެއްވެ ތިބި ސަޕޯޓަރުންނަށް އީދުގެ ތަހުނިޔާ ކިޔާ އެމީހުންނާ ވާހަކަދައްކާފައެވެ. އަދި ހަމަ އެ ދުވަހު ސަލްމާން ވަނީ އޭނާގެ އައު ފިލްމް ސިކަންދަރު މިއަންނަ އަހަރު ތެރޭ ނިކުންނާނެކަމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް