ads
ރައީސް ޑރ މުހައްމަދު މުޢިއްޒު ނިލަންދެ އަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލު ކުރެއްވުން ފޮޓޯ: ރައީސް އޮފީސް
މަގޫދޫ އެއާޕޯޓްގެ މަޝްރޫއު ހުއްޓާނުލައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ފ. މަގޫދޫގެ އެއަރޕޯޓްގެ މަޝްރޫއު ހުއްޓާނުލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވީ، އެމަނިކުފާނު ނިލަންދެ އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މަގޫދޫ ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ބިލެތްދޫ ފެނަކަ އޮފީހުގައެވެ.

އެ ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރިއެވެ. އަދި އެރަށުގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުގެ ފިކުރަކީ ތަރައްގީގެ ފިކުރުކަން ފާހަގަކުރައްވައި މަގޫދޫގެ އެއާޕޯޓްގެ މަޝްރޫއުވެސް އަދި ތަރައްގީގެ އެހެން މަޝްރޫއުތައްވެސް ހުއްޓާނުލައްވައި ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

ރައީސާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މަގޫދޫ ކައުންސިލުންވަނީ އެރަށު ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ސައިންސް ލެބުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަމަށާއި ފުޓްބޯޅަ ދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ކައުންސިލު އިދާރާގެ އައު އިމާރާތެއްގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވި އެވެ. އަދި އެރަށުގެ ތަރައްގީއަށް ފަށާފައިވާ މަޝްރޫއުތައް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުގެ ފިކުރަކީ ތަރައްގީގެ ފިކުރުކަން ފާހަގަކުރައްވައި އެރަށަށް ބޭނުންވާ އިތުރު މަޝްރޫޢުތައްވެސް ހިންގަވައިދެއްވާނެ ކަމުގައި ވިދާޅުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް