ads
ރައީސް ޑރ. މުއިއްޒު ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ރައީީީީީސް އޮފީސް
11 އަހަރުވެފައިވާ ނިލަންދޫގެ ނަރުދަމާ ހައްލުކޮށްދެއްވާނަން: ރައީސް
މައްސަލަ ޖެހިފައި ހުންނަތާ 11 އަހަރުވެފައިވާ ފ.ނިލަންދޫގެ ނަރުދަމާގެ މައްސަލަ އަވަސް މުސްތަގުބަލެއްގައި ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފި އެވެ.
Advertisement

ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރޭ ނިލަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ނިލަންދޫގެ ނަރުދަމާގެ ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް މިދިޔަ ސަރުކާރުންވެސް ކޮންމެސް ވަރެއްގެ އެގްރިމެންޓްތަކެއް ހަދާފައި ވާ ކަމަށެވެ. ނަމަވެސް މިއިން ކަމެއް މިއަދާއި ހަމައަށްވެސް ހައްލުކޮށްދެވިފައި ނުވާ ކަމަށެވެ. 

ރައީސް ވިދާޅުވީ އެމަނިކުފާނަކީ ވައުދުވުމަށްފަހު ރައްޔިތުންނަށް އެ ވައުދު ފުއްދަވައި ދެއްވާނެ ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ ނުކުރެވޭ ކަންކަން ވައުދު ނުވާނެ ކަމަށާއި، ދެފަހަރު ދެގޮތަކަށް އިތުރުފުޅު ހައްދަވައިގެން ރައްޔިތުންނަށް އޮޅުވައި ނުލައްވާނެ ކަމަށެވެ. 

" އަޅުގަނޑު ވައުދުވިން މަގު ހަދާނެ ކަމަށް. އެކަމަކު މަގު ހެދުމުގެ ކުރިން މިތަނުގައި އޮތް ނަރުދަމާ ވެކިއުމް ސިސްޓަމް އޮތް މައްސަލަ ބޮޑުކަމުން އެކަންވެސް ހައްލުކުރަންވެސް ޖެހޭ. މިދިޔަ ސަރުކާރުން އެކަމަށް ކޮންމެސް ވަރެއްގެ އެގްރިމެންޓެއް ހެދިޔަސްވެސް އެކަމެއް ނުވޭ. " ރައީސް ވިދާޅުވި އެވެ

ރައީސް ވިދާޅުވީ އެހެން ރައްތަކުގަވެސް ފަށާފައި ނުނިމި ހުރި ކަންކަން ކުރައްވަމުން އަންނަ ކަމަށާއި، މިކަންކަން މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި ކުރެއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. 

"މީ އެހެން މީހަކު އަޅުގަނޑު ގާތުގައި ދަންނަވައިގެންކުރަންޖެހޭ ކަމެއް ނޫން. އަޅުގަނޑަށް ލޯ ކުރިމަތިން ފެނި ރައްޔިތުން އަޅުގަނޑު ގާތުގައި ދަންނަވައިގެން ވެފަ ހުރި ވައުދުތައް މީ. " ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނިލަންދޫގެ ނަރުދަމާގެ ،މައްސަލަ ހައްލުކުރެވި މަގުހެދުމުގެ މަޝްރޫއު ފެށިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. 

ރައީސް ވަނީ ނިލަންދޫގައި އެއާޕޯޓެއް އަޅުއްވައި ދެއްްވުމަށްވެސް ވައުދުވެ ވަޑައިގެންފަ އެވެ. މީގެ އިތުރުން ނިލަންދޫގައި އާބަން ސެންޓަރެއްވެސް ގާއިމުކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. 

ނިލަންދޫގެ ނަރުދަމާގެ މައްސަލަ ހައްލު ނުކުރެވި މަގުތަކަށް ނަޖިސް ބޭރުވުމުގެ ސަބަބުން ސިއްހީ ބޮޑޭތި މައްސަލަތައް މީގެ ކުރިން ދިމާވެފައިވާއިރު މިކަން ވަނީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައިވެސް ހުށައަޅާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް