ads
ރައީސް، ފ. ބިލެތްދޫ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރެއްވުން ފޮޓޯ: ރައީސް އޮފީސް
ބިލެތްދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައިފި
ރައީސް ޑރ މުހައްމަދު މުއިއްޒު ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ ބިލެތްދޫ ފެނަކަ އޮފީހުގަ އެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްގީއަށް ފަށާފައިވާ މުހިންމު މަޝްރޫއުތައް އަވަހަށް ނިންމައިދެއްވުން އެދިފައެވެ. މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމެޓީން ވަނީ ރަށުގެ އަންހެނުންނަށް ހާއްސަކޮށް އިންޑޯޖިމެއް އަދި ވޮލީކޯޓެއްގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އިންޑޯޖިމް، ޔޫތު ސެންޓަރ އަދި ވޮލީކޯޓަކީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންތައްތައްކަން ފާހަގަކުރައްވައި ބިލެތްދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ބާރަށް ކުރިޔަށްގެންދަވާނެކަމުގައި ވިދާޅުވި އެވެ. 

އަދި ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި އެރަށުގެ ތަރައްގީގެ މަޝްރޫއުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ހިއްސާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް