މި ބައްދަލުކުރެއްވުން އޮތީ ފީއަލީ ކައުންސިލުގެ އިދާރާގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގެ ބިން ހިއްކުމުގެ މަސައްކަތާ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމައިދިނުން އެދުމާއި ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ބޭނުންވާކަމަށާއި ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި އާ މިސްކިތެއް އިމާރާތްކުމުގެ މަސައްކަތް އަވަހަށް ފަށްޓަވައިދެއްވަން އެދުން ހިމެނެ އެވެ.
މީގެ އިތުރުން އެރަށުގެ އިންޖީނުގޭގެ ކެޕޭސީޓީ އިތުރުކޮށް ތަރައްޤީކުރުމާއި އައިސް ޕްލާންޓުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދޭކަމަށާއި ވޮލީކޯޓާއި ސްކޫލުގެ ސައިންސް ލެބްގެ މަސައްކަތްވެސް އަވަހަށް ނިންމުމާއި ކައުންސިލު އިދާއާއަށް އާ އިމާރާތެއްގެ މުހިންމުކަމާއި އާރު.ޓީ.އެލް ފެރީގެ ހިދުމަތްފަދަ ރަށުގެ ތަރައްގީއަށް މުހިންމު ކަންތައްތައް މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރަށުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ރައްޔިތުން އެދިފައިވާގޮތަށް ނިންމަވައި ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ހަމައެހެންމެ ތަރައްގީގެ އެހެން މަސައްކަތްތައް ވެސް ފުރިހަމަކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ފީއަލީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ.