ނިލަންދޫގައި އޭއާޕޯޓް އަޅަން މަގޫދޫގައި އަޅަމުންދިޔަ އެއާޕީޓްގެ މަސައްކަތް ނިންމެން ގާތްވެފައިވަނިކޮށް ހުއްޓާލުމުން އެރަށު ރައްޔިތުން ވަނީ އެކަމާއި ކަންބޮޑުވުން ފަޅުކޮށް މުޒާހަރާވެސް ކޮށްފައެވެ.
ރައީސް އިއްޔެ ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅު މިއަދު ނިންމާލެވިއިރު މަގޫދޫއަކަށް ވަަޑައެއް ނުގަންނަވައެވެ. މަގޫދޫ ކައުންސިލާއި ބައްދަލުކުރީ އެ ކައުންސިލް މެމްބަރުން ބިލެތްދޫއަޑް ގެންދަވާ އެރަށު ފެނަކަ އޮފީހުގައެވެ.
މި ބައްދަލުވުމުގައި މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން މަގޫދޫ ކައުންސިލުން ވަނީ ފާޅުކޮށްފައެވެ. އޭގެއިތުރުން އެރަށު ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި ސައިންސް ލެބުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަމަށާއި ފުޓްބޯޅަ ދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ކައުންސިލު އިދާރާގެ އައު އިމާރާތެއްގެ މުހިންމުކަން ކައުންސިލުން ފާހަގަކުރިއެވެ.. އަދި އެރަށުގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫޢުތައް އަވަހަށް ނިންމާ ދިނުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.
ކައުންސިލްގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ މުއިއްޒު ވަނީ މަގޫދޫގެ އެއަރޕޯޓްގެ މަޝްރޫޢުވެސް އަދި ތަރައްޤީގެ އެހެން މަޝްރޫއެއްވެސް ހުއްޓާނުލައްވައި ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވެފައެވެ.
މަގޫދޫގައި މިދިޔަ ސަރުކާރުން އަޅަން ނިންމި އެއާޕޯޓުގެ ބޮޑުބައެއް ނިމިފައި އޮއްވާ އެ މަސައްކަތްތައް ހުއްޓައިލުމަށްފަހު ނިލަންދޫގައި އެއާޕޯޓެއް އަޅަން ނިންމި މައްސަލަ ވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ވެސް ހުށަހަޅައިފައެވެ.
މަގޫދޫ އެއާޕޯޓްގެ މަސައްކަތަކީ ދައުލަތުން 230 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.