އޭވީސީ ބީޗް ޓުއާ ސަމިލާ އޯޕަން މުބާރާތް ކުރިއަށްދަނީ ތައިލެންޑްގައެވެ. މި މަހު 13-16 އަށް ތައިލެންޑްގެ ސޮންކްލާގައި ކުރިއަށްދާ ސަމިލާ އޯޕަންގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ގްރޫޕްގައި ކުޅުނު ފަހު މެޗުން މިއަދު ތައިލެންޑްގެ ނޮބްޕަދޯން އާއި ޗަޓްޗާވަންގެ ޕެއާ އަތުން މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 18-21، 21-17 އަދި 15-09 އިންނެވެ.
އެޑަމް އާއި ކުޑަކާއްޓެގެ ޕެއާގެ އިތުރުން މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާވެސް ދިވެހި ކޮންޓިންޖެންޓުގައި ހިމެނެއެވެ.