އީސީ އިން ބުނީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ހަސަން މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ކަމށެވެ.
އީސީގެ މެންބަރުކަމަށް ޒަކަރިއްޔާ އައްޔަނު ކުރައްވާފައިވަނީ މިއަދު އެކަމަށްޓަކައި ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައެވެ. ޒަކަރިއްޔާއަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ.
ޒަކަރިއްޔާ އީސީގެ މެންބަރުކަމަށް އައްޔަނުކުރެއްވިއިރު ހުންނެވީ އީސީގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމުގައެވެ.
އީސީއަށް ހަސަން އައްޔަނު ކުރީ އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް، އިސްމާއިލް ހަބީބްގެ ދައުރު މިދިޔަ މަހުގެ 13 ވަނަ ދުވަހު ހަމަވުމުންނެވެ.