ads
ރައީސް، ރ. އަތޮޅުގެ އެކި ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްގެ ރައީސްއާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން
އާ ބަދަލާއިއެކު ލައިސެންސް ނެގުމަށް ނަގާ އިދާރީ ފީ އަންނަ މަހުން ފެށިގެން ކައުންސިލްތަކަށް
ލައިސެންސް ހިދުމަތުގެ ފީ ސީދާ ކައުންސިލަތަކަަށް ލިބޭ އެެއްޗެއްގޮތުގައި ހަދަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.
Advertisement

އެމްޓީސީސީއާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން ވާނީ ގިނަ ކައުންސިލްތަކުން ބައްދަލުކުރައްވައިގެން ހިދުމަތްތައް ރަނގަޅުކުރުމާ އެ ބޭފުޅުންނަށް ލިބެންޖެހޭ ބައެއް ހިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށެވެ.

އަދި ކައުންސިލް ތަކުން ކުރައްވާ މަސައްކަތްތަކަށް ސަރުކާރުގެ އޮނިގަނޑުގެ ތެރެއިން ލިބެންޖެހޭ ކަންތައްތަކުގެ ތެރެއިން ބައެއް ހަަމަނުޖެހިގެން ވަރަށް ގިނަ ކައުންސިލްތަކުން ބަދަލުކުރާ ކަަމަށް މިނިސްޓާ ވަނީ ފާހަގކުރައްވާފައެވެ. އެގޮތުން ފާހަގކުރެވުނު އެއްކަމަަކީ ކައުންސިލްތަކުން މިހާރުގެ ލައިސެންސް ނުކުރުމުގެ ކަންތައް ކަަމަށް އަމީން ވަނީ ފާހަގަކުރައްވާފަ އެވެ.

އަމީން ވިދާޅުވީ ކުރީ ސަރުކާރުންގެ ވެސް ނިންމެވުމާއި އެކީގައި ވަރަށް ގިނަ ކައުންސިލަތްކުން ލައިސެންސް ކުރުމުގެ ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ދިޔަކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރުމުން އެބޭފުޅުން މަސައްކަތްކުރެއްވުމަށްޓަކައި ސްޓާފުން ވެސް ކައުންސިލްތަކުން ނަގައިގެން، މުސާރަ ދީގެން އެކަން ކުރާއިރު އެ ލައިސެންސް ފީއަށް ލިބޭ ފައިސާ ކައުންސިލަށް ނުލިބޭ މައްސަލަ އެއީ ބޮޑު މައްސަލައެއްގޮތުގައި އަމީން ފާހަގަކުރެއްވިއެވެ. 

އަމީން އިތުރަށް ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި އެ ބޭފުޅުންނަށް ލިބެން އޮތް އެންމެ ބޮޑު މިނެއްގައި އެ ބަޖެޓްތައް ދޫކުރެއްވުމަށް މަޝްވަރާކުރައްވާފައިކަމަށެވެ. އެހެނަކަމުން ކައުންސިލްތަކުން ކުރާ މަސައްކަތަަކަށް އެ ބޭފުޅުންނަށް އެ މަސައްކަތުގެ ހިދުމަތުގެ އަގު ނުލިބޭ ކަމަށްވަނީނަމަ ދަތިތަކާ ކުރިމަތިވާނެކަން ފާހަގވާކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަމީން އިތުރަށް ވިދާޅުވީ އެގޮތައް ދިމާވެފައި އޮތީ ލައިސެންސްފީއަށް ދައްކަން ޖެހޭ ލާރީ ދެއްކުމުގައި ހުރި މައްސަލަތަކުގެ ސަބަބުން ކަމަށެވެ. 

ފައިސާ ދައްކަން ޖެހޭނީ މިނިސްޓްރީ ތެރެއިން އިންނަ ޕޯޓަލެއް ތެރެއިން ކަަމަށް ވުމުން ފައިސާ އެއްވެސް ކައުންސިލަކަށް ލިބޭ ގޮތެއް ނުހުންނަކަަމަށް މިނިސްތަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މޭ 1 ކުން ފެށިގެން މައްސަލަ ހައްލުވެގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭރުން ސީދާ ކައުންސިލްތަކަށް ޑައިރެކްޓްކޮށް އެ ފައިސާ ލިބިގެންދާނެކަމުގެ ޔަގީން ކަން މިނިސްޓަރު ވަނީ ދެއްވަވާފައެވެ.

"މިލާރި މި ދައްކަން ޖެހެނި ޓްރާންސްޕޯޓް މިނިސްޓްރީގައި އިންނަ ޕޯޓަލެއްގެ ތެރެއިިން ، ޓްރާސްޕޯޓް މިނިސްޓްރީގެ ތެރެއިން އިންނަ ޕޯޓަލެއްގެ ތެރެއިން ދެއްކީމަ އެއްވެސް ކައުންސިލަކަށް މި ލާރި ލިބޭގޮތެއް ނުވޭ ، ކައުންސިލްތަކުގެ އެދުމާއި އެކު އިރާދަކުރެއްވިއްޔާ މޭ 1 ކުން ފެށިގެން ލައިސެންސް ގެ މަސައްކަތް ކުރައްވާ ހުރިހާ ކައުންސިލްތަކަށް ހައްގު އެ ލިބެން ޖެހޭ ފީ އަކީ ކައުންސިލްތަކަށް ލިބޭނެ ފައިސާއެއް ގޮތުގައި އަޅުގަނޑުމެން ހަމަޖައްސާފައި އޮންނާނީ އަދި އިރާދަކުރެއްވިއްޔާ ކައުންސިލްތަކަށް މޭ 1 ކުން ފެށިގެން ޑައިރެކްޓް ފީ ބަލައިގަނެވޭނެ ގޮތައް" މިނިސްޓާ ވިދާޅުވި އެވެ.

އެ މައްސަލާގެ އިތުރުން އަަމީން ވަނީ ސީފެއަރާޒްގެ އެސްއައިޑީގެ މައްސަލައަށް އަލިއަލުއްވާލާފައެވެ. މިނިސްޓާ އަމީން ވިދާޅުވީ ސީފެއަރާސް ގެ އެސްއައިޑީ ގެ މައްސަލަ ހައްލުކުރުމަށް ބަޖެޓުގައި އެއްވެސް އެލޮކޭޝަންއެއް ލިބިފައިނެތް ކަމުގައި ވިޔަސް މިނިސްްޓްރީން މިހާރު ކުރި މަސައްކަތުން އިނގުނީ މިމައްސަލަ ރާއްޖޭގެ ހުރިހާ ސީފެއަރާސް އެސްއައިޑީގެ މައްސަލަ ކުރިއަށް އޮތް ޖޫން މަހުގެ ނިޔަލަށް ހައްލުކޮށްދީ ނިންމާދޭނެކަމަށެވެ. އެގޮތުން މައްސަލަ ހައްލުކުރުމަށް މިހާރު ވާނީ  އޮސްޓްރިއާގެ ކުންފުންޔަކާ އެކީގައި އެއްބަސްވުމަކާއި ހިސާބަށް އާދެވިފައިކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓާ އިތުރަށް ވިދާޅުވީ  ބަޖެޓުގައި އެކަން  ހިމެނިފައި ނެތް ކަމުގައި ވިޔަސް އެ މަސައްކަަތައް މާބޮޑު އަދަދެއް ހަރަކުރަން ނެޖެހޭކަމަށެވެ. އެގޮތުން 4 ވަރަކަށް ލައްކަ ރުފިޔާއިން މަސައްކަތް ނިމިގެންދާނެކަމަށް މިނިސްޓާ ވިދާޅުވި އެވެ. 

އަދި ސަރުކާރުގެ ބަޖެޓުގެ ބޭރުގައި އެލޮކޭޝަނެއް ހަދައިގެން ނަމަވެސް އެކަން ހައްލުކުރައްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވަވާފައެވެ. މިހާރު އެ މަސައްކަތަށް ފިނޭންސް މިނިސްޓްރީން އެޕްރޫވަލްވެސް ހޯދާފައިވާނެކަމަށާއި ކުރިއަށް އޮތް ހަފްތާ ތެރޭ މަސައްކަތް ފަށާ ކުރިއަށް އޮތް ޖޫން މަހުގެ ނިޔަލަށް އެސްއައިޑީގެ މައްސަލަ ހައްލުވެގެންދާނެކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފާހަގަކުރެވުނީ މިކަމުގައިވެސް އަޅާލަންޖެހޭ މިންގަނޑަށް އަޅާނުލާ، މީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކެވިފައި ނެތީމަ މިހާ ދިގު މުއްދަތެއްގަ ބޯޓު ދަތުރުކުރާ މީހުންނަށް މިކަންތައް ހައްލުވެގެން ގޮއްސަ ނެތީ، ވުމާއި އެކީގައި އަޅުގަނޑުމެންގެ މިހާރު ސަރުކާރުގެ ނިންމެވުމަކީ ސަރުކާރުގެ ބަޖެޓުް ބޭރުގައި އެލޮކޭޝަންސް އެއް ހަދާގެން ނަމަވެސް އިރާދަކުރެއްވިއްޔާ، ރޭގައި ފޮނުވާފައި އޮތީ އެޕްރޫވަލް ވެސް، ފިނޭންސް މިނިސްޓްރީން. ކުރިއަށް އޮތް އެއް ހަފްތާ ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ފަށާ ޓާގެޓް ލައިން އަކީ މިހާރު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެސްއައިޑީގެ މައްސަލަ ހައްލުވުން، އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަރަށް ޔަގީން އަރުވަން، ސީފެއަރާޒް ގެ އެސްއައިޑީގެ މައްސަަލަ އިރާދަކުރެއްވިއްޔާ މި އަހަރުގެ މެދާ ހިސާބަށް ދާއިރުގަ އަޅުގަނޑުމެން ސަރުކާރުން ހައްލުކޮށްދޭނެ ވާހަކަ" އަމީން ވިދާޅުވި އެވެ.

ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބުދެމުން އެމްޓީސީސީގެ އޮފިޝަލަކު ވިދޅުވީ ކުރިން އެމްޓީސީސީން ޕްލޭންކޮށްފައި އޮތްގޮތުން ޓާމިނަލްތަކާއި 82 އުޅަނދު ޕްލޭން ކުރުމަށް 800 މިލިއަން ބަޖެޓެއް ގާއިމްކުރެވުނު ކަަމށެވެ. ނަމވެސް  އޭގެފަހުން ފޭސް 2 އަކަށް ދިޔައިރު އުޅަނދުތަކުގެ އަގުތަކާއެއްޗެހި ރިވައިޒް ކުރެވިފައިވާކަމަށް ފާހަގކޮށް އެމްޓީސީސީން ބުނީ އާސަރުކާރާއި އެކު މަސައްކަތް ކުރަމުން މިހާރު ދަނީ ރިވައިޒް ޕްލޭނާ އެކީގައި އުޅެނީ ކިހާވަރެއްގެ ވޭރިއެންސް އެއް ތޯ ބެލުން ކަމަށެވެ. 

މީގެ އިތުރުން މިދިޔަ އަހަރު މި ޕްރޮޖެކްޓް މިހިސާބަށް ދިޔައިރުގަ، ގާތްގަނޑަކަށް 300 އެއްހާ މިލިއަން ޓާމިނަލްތަކާ އުޅަނދުތައް ބަނުމަށް ހޭދަކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މިޕްރޮޖެކްޓް ގެ ރިވިައިޒްޑް އަދަދު ދެވޭނީ ޓްރާންސްޕޯޓް މިނިސްޓްރީއާ އެކީ ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުންތަކަށްފަހު ކަަމަށް އެމްޓީސީސީން ސީއެންއެމްއަށް ބައަދަލުވުމުގައި މައުލޫމާތުދިނެވެ.

އޮޑިތަކުގައި މަރާމާތުކުރަން ޖެހޭ ކަންކަން ހުރިކަމަށް ފާހަގަކޮށް އެމްޓީސީސީން ބުނީ ރަނގަޅުކުރަން ޖެހޭ ކަންތައްތަކާ އެކަހަލަ ކަންތައްތައް އެއެެއްޗެއްސައް އަޅާކިޔުމަށްފަހު މިހާރު ހުރި އަގުތައްވެސް އުފުލިގެން ދިއުން އެކަށީގެންވާ ކަަމެއްކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް