ads
ހުޅުމާލޭގައި އިތުރު މިސްކިތްތައް އަޅަން ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު އާއި އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް އެއްބަސްވުން ބަދަލުކުރައްވަނީ.-- ފޮޓޯ: އިސްލާމިކް މިިނިސްޓްރީ
ހުޅުމާލޭގައި މިސްކިތް އިމާރާތް ކުރަން ދެ ބިން ހަވާލުކޮށްފި
ޅުމާލެ 3 ގެ ފުރަތަމަ މިސްކިތް އިމާރާތް ކުރުމަށް އެޗްޑީސީން އިސްލާމިކް މިނިސްޓްރީ އަށް މިއަދު ބިން ހަވާލުކޮށްފި އެވެ.

ޅުމާލެ 3 ގެ ފުރަތަމަ މިސްކިތް އިމާރާތް ކުރުމަށް އެޗްޑީސީން އިސްލާމިކް މިނިސްޓްރީ އަށް މިއަދު ބިން ހަވާލުކޮށްފި އެވެ.

މިސްކިތް ބިނާކުރުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިސްކިތް ބިނާކުރުމަށް ހުޅުމާލޭ 2 ވަނަ ފިޔަވަހިން ދޫކޮށްފައިވަނީ 27،920 އަކަފޫޓުގެ ބިމެކެވެ. އަދި ހުޅުމާލޭ 3 ވަނަ ފިޔަވަހިން ދޫކޮށްފައި ވަނީ 21،952 އަކަފޫޓޫގެ ބިމެކެވެ.

އެޗްޑީސީއިން ބުނެފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

ހުޅުމާލެ 2 ގައި ހިޔާ ފްލެޓް ސަރަހައްދުގައި މިސްކިތެއް އިމާރާތްކުރުމަށް މި ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. މިދިޔަ ރޯދަމަހު ހުޅުމާލެ 2 ގައި ދާއިމީ އާ މިސްކިތެއް ހުޅުވި އެވެ. ހުޅުމާލެ 2 ގައި މިހާރު ހުންނަނީ ދާއިމީ ދެ މިސްކިތާއި ވަގުތީ ދެ މިސްކިތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް