ސަރުކާރުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކުރައްވާފައިވާ މުހިއްމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާގައި އާސަންދައިން ވަކި އިންސައްތައެއް ކަވަރު ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫންކަމަށެވެ.
ރައީސް ވިދާޅުވީ، ނަފްސާނީ ފަރުވާ އާސަންދައިގެ ތެރެއިން މިއަދާ ޖެހެންދެންވެސް ކަވާ ނުކުރާކަމަށެވެ. އަދި އެއީ ހައިރާންވެވަޑައިގަންނަވާ ކަމެއްކަމަށެވެ.
މިއީ ސަރަހައްދީ ތަރައްގީގެ ތެރެއިން އެންމެ މަތީ ފެންވަރުގައި ހިދުމަތްތައް ދިނުމަށް ކުރާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ޓާޝިއަރީ ހޮސްޕިޓަލްތަކުގެ އިތުރުން ހޮސްޕިޓަލްތައް އެޅުމާއި ސިއްހީ މަރުކަޒުތައް އަޕްގްރޭޑް ކުރުމުގެ މަޝްރޫއުތަކުގައި ސޮއިކުރެވި، އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާ ތަރައްގީ ކުރަން ރައީސް ވަނީ މިރޭ ފާހަގަކުރައްވައިފަ އެވެ. އެކަމަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ވެސް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީން މިދިޔަ އޭޕްރީލް މަހުގައި ބުނީ، އެ ހޮޓްލައިންގެ ހިދުމަތް ފެށި ދުވަހުން ފެށިގެން، އެ މަހުގެ 22ގެ ނިޔަލަށް 5،364 މީހުން ޚިދުމަތް ހޯދާފައިވާ ކަމަށެވެ.
އޭގެފަހުން، ނަފުސާނީ ބަލީގައި އަމިއްލައަށް މަރުވާ މީހުން މަދުކުރުމަށް އިސްކަންދޭ ސްޓެރެޓެޖީއެއް މިދިޔަ އޮކްޓޫބަރު ދޭއްގައި ވަނީ އިފުތިތާހުކޮށްފަ އެވެ.
ނަފުސާނީ ބަލީގެ ފަރުވާއަށް، އާސަންދައިގެ ތެރެއިން ވަކި މިންވަރެއް ހަމަޖެއްސުން 2020ގައި ފެށި އެވެ. އެއީ ކޮވިޑް-19އާ ގުޅިގެން ފުރަބަންދުވެ، ނަފުސާނީ ދުޅަހެޔޮކަމުގެ ކަންބޮޑުވުންތައް ވެސް އިތުރުވުމާ ގުޅިގެންނެވެ.