ads
ކުޅުދުއްފުށި ޒޯން ސްޓޭޑިއަމް
ފެނަކައަށް ނުވެގެން އެންމެފަހުން ސްޓެލްކޯގެ ޓީމެއް ކުޅުދުފުއްޓަށް ދަނީ
ކުޅުދުއްފުށީ ކަރަންޓްގެ މައްސަލަ ހައްލު ނުކުރެވިގެން އެންމެ ފަހުން ސްޓެލްކޯގެ ޓީމެއް އެރަށަށް ދަތުރު ފަށައިފިއެވެ.
Advertisement

ކުޅުދުއްފުށިން ކަރަންޓް ކެނޑޭތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު މިއަދު ވަނީ އަނެއްކާވެސް މުޅި ރަށުން ކަރަންޓް ކެނޑިފައެވެ. ހެނދުނު 9:15 އިން ފެށިގެން މުޅި ރަށުގައި ކަރަންޓެއް ނެތެވެ. 

އެރަށަށް ކަރަންޓް ދެމުން އަންނަ ފެނަކައިން ބުނީ ކަރަންޓްގެ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓް ދެވޭނެކަމަށް ލަފާކުރެވެނީ އިރުއޮއްސި 6 ޖަހާއިރުކަމަށެވެ.

ކުޅުދުއްފުށީ ކަރަންޓެގެ މައްސަލަ ފެނަކައަށް ހައްލު ނުކުރެވި މިހާރު އެކުންފުނިން ވަނީ ސްޓެލްކޯގެ އެހީތެރިކަމަށް އެދިފައެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފެނަކައިގެ އެދުމުގެ މަތިން މިކުންފުނީގެ ގިނަދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް ދަނީ ކުޅުދުއްފުށި ސިޓީއަށް ދަތުރު ކުރަމުންދާކަމަށެވެ. 

" އަޅުގަނޑުމެންގެ ޓީމާއި ފެނަކައިގެ މުވައްޒަފުން ގުޅިގެން އެ މައްސަލަ ޙައްލުކޮށް ވީއެންމެ އަވަހަކަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ކަަރަންޓުގެ ޚިދުމަތް ޔަގީންކޮށްދެވިގެންދާނެ." ފަހުމީ ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ހުރި ޖަނެރޭޓަރު ސެޓަކަށް މައްސަލަ ދިމާވެ ކޮންމެ ދުވަހަކު އެރަށުން ދަނީ އެ ކި ހިސާބުތަކުން ގަޑިއިރަކަށް ކަރަންޓް ކަނޑަމުންނެވެ، މި ރޯދަ މަސް އެއްކޮށް އެރަށުގެ ރައްޔިތުންނަށް ކަރަންޓް ލިބެމުން ދިޔައީ މިގޮތަށެވެ.

ރޯދަމަހު އެއްކޮށް ކުޅުދުއްފުށިން ކޮންމެ ދުވަހަކު ކަރަންޓް ކަނޑަން ޖެހުމުގެ އެކަމުގެ ޒިންމާނެގުމުގެ ގޮތުން ބިލުން 50 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ފެނަކައިން އިން އޮތީ ނިންމާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް