ads
ހޯމް މިނިސްޓަރު އިހްސާން
އިހުސާން އަދި ފުލުހުން ކޯޓު ހުރުމަތް ކެނޑި މައްސަލައެއް
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހޯމް މިނިސްޓްރީންނާއި ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ދެއްކި ވާހަކަތަކާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި، އެ މައްސަލަ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެޖެންޑާކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ބޭއްވި ޕްރެސް ކޮންފަރެންސާ ގުޅޭ މައްސަލައެކެވެ. ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ދައުވާލިބުނު ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ހޯމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން ފުލުހުން ދާދިފަހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު، އެ މައްސަލާގައި ލިބިފައިވާ ހެކިތައް ހާމަކޮށްފަ އެވެ.

މި މައްސަލައިގައި ފުލުހުން ދެކޭގޮތުގައި ދައުވާލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުވާނެ ހެކިތައް ހުއްޓެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ މިނިސްޓަރު އިހުސާނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދާއި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މަމްދޫހު ހަސަން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި އަދި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް އަދި ކޯޓުގެ ހުރުމަތް ކެނޑި މައްސަލައާ ގުޅިގެން ފަނޑިޔާރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އަންނަ ބުދަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް