ބެޔާ ލެވަކޫސަން ޖަރުމަން ލީގު ނެގީ، ވާޑާބްރޭމަންގެ މައްޗަށް ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ. އެއީ ފަސް ލަނޑުންނެވެ. ލެވަކޫސަންގެ މި ކާމިޔާބީގައި ބޮޑު ހިއްސާއެއް އޮތީ ޒުވާން ކޯޗު ޒަބީ އޮލޮންސޯ އެވެ. އޮލޮންސޯ ލެވަކޫސަނާ އޮކްޓޯބަރު 2022 ގައި ހަވާލުވި އިރު އެ ޓީމުން އުޅުނީ ރެލިގޭޝަން ޒޯނުން އަރައި ނުގަނެވިގެންނެވެ.
ޔޫރަޕްގައި މިހާރު އެންމެ ޑިމާންޑް ބޮޑު ކޯޗު އަލޮންސޯވަނީ ޖަރުމަނުގެ ފުޓްބޯޅައިގައި ވަރުގަދަ ބެޔާން މިޔުނިކް ފަހަތަށް ޖައްސާލައި، ވާޑާ ބްރޭމަން އަތުން މޮޅުވި މެޗާއެކު ބަލިނުވެ 43 މެޗު ވަނީ ފުރިހަމަކޮށްފަ އެވެ.